މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު
ކޯވިޑް-19އާއިއެކު ހެދިފައިހުރި ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ހިލާފުވެއްޖެނަމަ ސިޔާސީ ޕާޓީތަކާއިމެދުވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި، ފުލުހުން އެ ފިޔަވަޅުތައް ތަންފީޒުކުރާނެކަމަށް އުންމީދު ކުރައްވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވުމުން މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތާރިގު ރައްދު ދެއްވައިފިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ވަކި ބަޔަކަށް ހެދިފައިހުރި ފިޔަވަޅުތަކެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައަށް ހެދިފައި ހުރި ފިޔަވަޅުތަކެއް ކަމަށެވެ. އެހެން ކަމުން ފިޔަވަޅުތައް ތަންފީޒު ކުރާއިރު ވަކި ބަޔަކަށް ބެލުމެއް ނެތި ހުރިހާ ފަރާތްތަކަށް އެއް ހަމައިން ފިޔަވަޅުތައް ތަންފީޒު ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުލުހުން މީގެ ކުރިން ވެސް ވަކި ބަޔަކަށް ތަފާތު ނުކޮށް ފިޔަވަޅުތައް ތަންފީޒު ކުރައްވާފައިވާ ކަމަށާއި، އެގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވެގެން ސިޔާސީ ފަރާތްތަކާއި މެދުވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ ކޯވިޑަކީ ވަކި ފިކުރެއްގެ ބަޔަކަށް ޖެހޭ ވައިރަހެއް ނޫން ކަމަށާއި، އެއީ ކޮންމެ މީހަކަށްވެސް ޖެހިދާނެ ވައިރަހެއް ކަމަށެވެ. އެގޮތުން މާސްކު ނާޅާ އެއްވުންތައް ބޭއްވުންފަދަ ކަންކަން ކުރުމަށްފަހު ގެއަށްދާއިރު، ތިމާގެ އާއިލާގެ ހައިރިސްކު މީހުން ބައްޔަށް ހުށަހެޅިދާނެކަން ހަނދާން ކުރަން ޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ތޯރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިޔަވަޅު އަޅަންވީ ސިޔާސީ ޕާޓީތަކަށް ނޫން ކަމަށެވެ. ފިޔަވަޅު އަޅައި އަދަބު ދޭންވީ އެޗްޕީއޭގެ އިހުމާލުން ނިޔާވި ދެމަފިރިންނަށް އިހުމާލުވީ ފަރާތްތަކަށް ކަމަށް ޠާރިގު ވިދާޅުވިއެވެ.

ޠާރިގު ވިދާޅުވީ، ސަރުކާރުގެ އިހުމާލުން، އޮޅިގެން ނުވަތަ ފަރުވާކުޑަ ވެގެން މަރުވެދިޔަ މީހުންގެ މައްސަލަތައް އިދިކޮޅު ވެރިކަމެއްގައި ބަލާނެ ކަމަށެވެ. ނަމަވެސް ސަފުކާރުގެ އިހުމާލުން މަރުވެފައި ވަނީ ކޮން ބައެއް ކަމެއް އަދި އޭނާ އެ ޢިޝާރާތް ކުރަށްވަނީ ކޮން ހާދިސާ އަކަށް ކަމެއް ފާހަގަ ކުރަށްވާފައެއް ނުވެއެވެ.

މި މޭރުމުން ޑރ. ނަޒްލާއަށް ތޯރިގު ރައްދު ދެއްވި އިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ. އަދި މި މުޒާހަރާތަކުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އަމަލުތައް ބަހައްޓާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހަސަން

18-Feb-2021

އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި ހިލާފްވާން މަޖުބުރުކުރުވި ހާލަތު އެތަނަސް ގެނައީ ކޮންބައެއްތަ. ތީ ހަމަ ޕާކް ކުރާނެތަނެއް ނުދައްކާ ސްޓީކާ ޖަހައިގެން މަންފާ ހޯދާގޮތަށް ކުރެވޭކަމެއް.



ޓްރެންޑިން