ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެ ނަމަ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މިސިންގ ޕަރސަން ރިކުއެސްޓް" ހުށަހެޅުމަށް އެދެފިއެވެ.

މިކަމާއިބެހޭގޮތުން އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާގޮތުން، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު، ވަޒީފާ ދޭ ފަރާތަށް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަން އެ މިނިސްޓްރީއަށް މިސިންގ ރިޕޯރޓްގެ ގޮތުގައި ހުށަހަޅަންޖިހޭނެއެވެ.

މިސިންގ ރިޕޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މިސިންގ ޕަރސަން ރިކުއެސްޓް" ހުށަހަޅައިގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، މިހާތަނަށް ސިޓީ އަދި ފޯމްގެ ޒަރީއްޔާއިން ރިޕޯޓްކޮށްފައިވާ މިސިންގ ރިޕޯޓްތަކުގައި ހިމެނޭ ބިދޭސީންގެ ރެކޯޑްތައް އެކްސްޕެޓް ސިސްޓަމްގައި އަޕްޑޭޓްކުރެވިފައި ނުވާނަމަ އެރިކޯޑްތައް އަޕްޑޭޓްކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށް، މިމަހުގެ 15ން މަރޗް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ބިދޭސީ މަސައްކަތްތެރިން ފިލުމާއި ގެއްލޭ މައްސަލަ އަކީ މީގެ ކުރިން އެކި ފަހަރުމަތިން ފެންމަތިވެފައިވާ މައްސަލަތަކެވެ. ނަމަވެސް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރެއް ނޯންނާތީ މިފަދަ މީހުން ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭ ފަހަރުވެސް އާދެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަައްދޫ

18-Feb-2021

ސަރުކާރުގެ އިސްވެރިން އަދިވެސް ހަމަ ގަބޫލުކުރަނީ މިއޮތް ކުޑަގައުމުގަ ގެއްލި އަދި ފިލާއުޅެވޭނެ ކަމައްތޯ ސުވާލު އުފެދޭ އެގޮތަށް ގަބޫލުކުރެވެނަޏާ ތިކަމަށް ދުވަހަކުވެސް ހައްލެއް ލިބޭނެ ކަމަކަށް ނުބެލެވޭ..



ޓްރެންޑިން