ތުނބުޅިލީ ކޮންމެ މީހަކީ ނުރައްކާ މީހެއް ކަމަށް ދައްކަން ތިޔަ ކުރާ މަސައްކަތުން ވެއްޓޭނީ އަމިއްލަ އަގު ކަމަށް އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް އަލީ ޒައިދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓް ސޫޒަން އިބްރާހީމްފުޅު ގައުމީ ޓީމްގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ އާއި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަދި އޭޝިޔާގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ)ގެ ފޮޓޯއެއް ޓުވީޓް ކުރައްވާ އެއީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
"ތުނބުޅި އާއި ބެހި، ތުނބުޅި ލީ ކޮންމެ މީހަކީ ނުރައްކާ މީހެއް ކަމަށް ދައްކަން ތިޔަ ކުރާ މަސައްކަތުން ވެއްޓޭނީ އަމިއްލަ އަގު! ވަކިން ހާއްސަކޮށް ރާއްޖޭގެ އެތްލީޓްސް އާއި ޖައްސާލައި ޒާތްޒާތުގެ ކޮމެންޓު ކުރިޔަސް އިސްލާމް ދީނަކަށް ވާނެ ގެއްލުމެއް ނޯންނާނެ! ގެއްލުން އޮތީ އެމީހަކަށް!" ޝައިޚް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ސޫޒަންގެ ވާހަކައާއި ގުޅިގެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އޭނާގެ ފޭސްބުކްގައި އެކަމަށް ވަރަަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. އަދި އެފަދަ ވާހަކަތައް ހުއްޓުވާނެ މީހަކު ނެތީތޯވެސް އޭނާ ސުވާލު އުފައްދަވާފައިވެއެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސޫޒަނަށަ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު