ދެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޮނަރަބްލް ޤާސިމް އިބްރާހީމް ރާއްޖޭގެ ޒަޢާމަތާއި ހަވާލުވާ ދުވަސް ކަމަށް އިނަ މޯލްޑިވްސް މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ރާއްޖޭގެ ވެރިކަމުގެ ޒަޢާމަތާ ހަވާލުވެވަޑައިގަންނަވާނެ ދުވަހެއް ދެކެން ބޭނުން ކަމުގައި އިނަ މޯލްޑިވްސް ފިރާޤު ވިދާޅުވެ ކުރެއްވި ފޭސް ބުކް ޕޯސްޓްގައި އެދުވަސް އޭނާ ދެކެން ބޭނުން ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވެފައިވަނީ އެއީ އޭނާގެ އަމިއްލަ ޚިޔާލު ކަމަށެވެ.

2008 ވަނަ އަހަރު ރާއްޖޭގައި އަލަށް އަމަލު ކުރާންފެށި ޒަމާނީ ޑިމޮކްރެސީގެ ނިޒާމުގެ ތެރެއިން ބާއްވާފައިވާ އިންތިޚާބު ތަކުގައި މިހާތަނަށް ވެރިކަމަށް އައި އެއްވެސް ބޭފުޅަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ވެސް ޤާސިމްގެ އެހީއާއި މަދަދާއި ތާއީދާއި ނުލައި ވެރިކަމަށް އާދެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

2008 ގައި ތަސްދީގުކޮށް އަމަލު ކުރަން ފެށި އާ ޤާނޫނު އަސާސީ އެކުލަވާ ލުމުގައި ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަދި އެ ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވި ޤާސިމް އިބްރާހީމަކީ އެޤާނޫނު އަސާސީގެ ދަށުން ކުރެވެމުންދާ އިސްލާހީ މަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގެން އެންމެ ބޮޑު ޤުރުބާނީއެއް ވެވަޑައިގެންނެވި އެއް ސިޔާސީ ލީޑަރެވެ. އެގޮތުން ކުރެއްވި އިސްލާހީ މަސައްކަތްތަކުގެ ތެރޭގައި އެއިރެއްގައި އޮންނަ ސަރުކާރު ތަކުން ހައްޔަރު ކުރުމާއި ދައުވާތައް ކުރުމާއި ޖަލަށްލުމުގެ އިތުރުން އެމަނިކުފާނުގެ މާލިއްޔަތަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

އެގޮތުން ނިމިދިޔަ ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ހިންގި އިސްލާހީ ހަރަކާތްތަކުގައި އެމަނިކުފާނު ހައްޔަރުކޮށް ޖަލަށްލައި ދައުވާކޮށް ހުކުމް އިއްވާފައިވާއިރު ޤާސިމްގެ އާއިލާއަށް ވެސް އަނިޔާތައް ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޤާސިމްގެ ދޮށީ ދަރިކަލުންވެސް އެތައް ދުވަހެއް ވަންދެން ޖަލުގައި ހައްޔަރުކޮށްފައި ހުއްޓެވެ.

ޤާސިމް އިބްރާހީމްގެ ޒަޢާމަތެއް ދެކެން ބޭނުންވާ ކަމަށް ފިރާޤު ވިދާޅުވި ނަމަވެސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވާނެ ކަމަކަށް އަދި ޤާސިމް އިޢުލާން ކުރަށްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ބޯނެތްބުރުމާ

18-Feb-2021

ޙުވަފެނުންވެސްނުފެށްނާަނެ


-3

މކއސ

18-Feb-2021

ކާކު.ވޯޓުދޭނީ ބޮލެންނެއް ބުރުމާއަކައް އެއީމިރާޖޭގެ ހަލާކު ތިބާބުރުމާ އާއި ފަހަރިއިމުރާނާ މައުމޫނުއާއި ކެނެރީގޭ ބުްޅަހުެްތުއާެއި ކިބުލާ މިގައުމު ހަލާކުރާމީހުން މީ


6

ގާސިމުގެ ހަވަނަ އަނބި

18-Feb-2021

ގާސިމު ބަހައްޓާ މީހުންނާ އިންނަން!!


0

އަލީ

18-Feb-2021

ފިރާގުތިކަންހަނދާންނައްތާލާ


-4

އައިސަތު ނަހުލާ

18-Feb-2021

އަހަރުމެން ހުވަފެނުގަވެސް ދެކެން ބޭނުން ދުވަހެއް ނޫން ތި !


-4

އަހުމަދު އަލި ދީދީ

18-Feb-2021

މަގޭ ވޯޓް ގާސިމް އައް ކަޟަވަރު ވާނެ



ޓްރެންޑިން