ހުސް އަނގަޔަކުން ނުފުދޭނެ ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނާއިބް އަލްއުސްތާޒާ ދިޔާނާ ސައީދު ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން، ދިޔާނާ މަހުލޫފަށް މިފަދަ ހަމަލާއެއް ދެއްވާފައިމިވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އަކީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް އެމްޑީޕީގެ އެކްޓިވިސްޓު ސޫޒަން އިބްރާހިމްފުޅު ބުނުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
"ހުސް އަނގަޔަކުން ނުފުދޭނެ، މަނިކުފާނު. ކަށިތައް ފުނޑައިގެން ގައުމަށް ރީތި ނަން ހޯދައިދިން، 'ގައުމީ ބަތަލުން' ގެ ހާލު މިއަދު ހުރި ގޮތް އެނގިވަޑައިގަންނަވާތޯ؟ މުޅި ފުޓްބޯޅަ އިންޑަސްޓްރީ ފުނޑި، ކުޅުންތެރީންގެ އިންކަމް ބަދަލުވެ ކުއްޔެއް ދެއްކޭނެ ގޮތެއް، ބިލް ޕޭ ކުރެވޭނެ ގޮތެއް ނެތި ހާލުގައި." ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ދިޔާނާ މިފަދަ މޭރުމަކުން މަހުލޫފަށް ބަހުގެ ހަމަލާއެއް ދެއްވާފައި މިވަނީ އަޝްފާގާއި އަކްރަމަކީ ގައުމީ ދެ ބަތޮލުން ކަމަށާއި އަދި ތުނބުޅި އާއި ބުރުގާ އަޅާފައި ތިބޭ އެންމެންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ދެކޭ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ ކުރަށްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ. މަހުލޫފްގެ މި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ މުޖުތަމައުއެއްގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން ކަމަށާއި ހިޔާލު ތަފާތުވިޔަސް، އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކޮށްގެން އުޅެން ދަސް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ މަޝްހޫރު ދެ ކުޅުންތެރިންގެ އަގު ވެއްޓޭ ގޮތަށް ސޫޒަން ޓްވީޓެއް ކުރުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައި ސޫޒަނާއި މެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

Huss angayakun nufudheyne, manikufaanu. Kashithah fundaigen qaumah reethi nan hoadhaidhin ‘🇲🇻bathalun’ ge haalu miadhu huri goiy engivadaigannavaatho? Mulhi football industry fundi, kulhuntheringe income bandhuve kuyyeh dhekkeyne gotheh, bill paykureveyne gotheh neithi haaluga. https://t.co/I6296iWnNs
— Dhiyana 🎈?🌹 (@dhiyanasaid) February 14, 2021
ދިޔާނާ މިފަދަ މޭރުމަކުން މަހުލޫފަށް ބަހުގެ ހަމަލާއެއް ދެއްވާފައި މިވަނީ އަޝްފާގާއި އަކްރަމަކީ ގައުމީ ދެ ބަތޮލުން ކަމަށާއި އަދި ތުނބުޅި އާއި ބުރުގާ އަޅާފައި ތިބޭ އެންމެންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ދެކޭ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ ކުރަށްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ. މަހުލޫފްގެ މި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ މުޖުތަމައުއެއްގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން ކަމަށާއި ހިޔާލު ތަފާތުވިޔަސް، އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކޮށްގެން އުޅެން ދަސް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ މަޝްހޫރު ދެ ކުޅުންތެރިންގެ އަގު ވެއްޓޭ ގޮތަށް ސޫޒަން ޓްވީޓެއް ކުރުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައި ސޫޒަނާއި މެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު