ސޫޒަން އިބްރާހިމްފުޅު (ކ) - ޑރ. މުހައްމަދު ޖަމީލް އަހުމަދު (ވ)
ސޫޒަން އިބްރާހިމްފުޅު (ކ) - ޑރ. މުހައްމަދު ޖަމީލް އަހުމަދު (ވ)
ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި އޭޝިޔާގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ)އަށް ފުރައްސާރަކޮށް ޓްވީޓް ކުރި އެމްޑީޕީގެ އެކްޓިވިސްޓް، ސޫޒަން އިބްރާހިމްފުޅު ފަދަ އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށް ނެރޭ އަމަލުތަކަކީ އެ ޕާޓީގެ ލީޑަރުން ދައްކަވާ ނަމޫނާ ކަމަށާއި ސޫޒަންގެ ވާހަކަތަކަށް އޭނާ މައާފަށް އެދެންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވުޖޫދުވީއްސުރެ މިއަދާ ހަމައަށް އެ ޕާޓީގެ ނުފޫޒު ގަދަ މަގާމުތަކުގައި މަސައްކަތް ކުރަށްވާފައިވާ އަދި މިހާރު ވެސް އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރަށްވާ ސޫޒަން އިބްރާހިމްފުޅު، ކުރެއްވި ޓްވީޓެއްގައި ދަގަނޑޭ އަދި އަކޫ ފެންނަ ފޮޓޯއަކާއެކު ވަނީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ފުޓުބޯޅަ ކުޅޭތަން ބަލަން ދާނެތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

މި ޓްވީޓާއެކު ފާޑުކިޔުންތައް އަމާޒުވެ އޭނާ މިހާރު ވަނީ އެކައުންޓް ޕްރައިވެޓްކޮށްފައެވެ.

އެ މައްސަލައިގައި ސޫޒަންއަށް ފާޑުކިޔުން އަމާޒުކުރަމުން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލައާ ގުޅިގެން ސޫޒަން "މައާފަށް އެދެން ޖެހޭ" ކަމަށެވެ.

"ދިވެހި ގައުމަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް އިހްތިރާމް ކުރަން ޖެހޭ، ކޮންމެ ގައުމެއްގަ ވެސް ފަޚްރުވެރިވާ ކަންކަމާއި މީހުންނަކީ އެ ގައުމެއްގެ އައިޑެންޓިޓީގެ ބައެއް. އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށް ނެރެނީ އެ ޕާޓީގެ ލީޑަރުން ދައްކާ ނަމޫނާ. މައާފަށް އެދެން ޖެހޭ." ޖަމީލް ވިދާޅުވިއެވެ.

ދަގަނޑޭ އާއި އަކޫގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދައްކާފައިވާތީ ސޫޒަންއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ފުޓުބޯޅަ އެސޯސިއޭޝަން، އެފްއޭއެމުން ވެސް ނޫސް ބަޔާނެއް ނެރުނެވެ. ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަދަ ބޭފުޅުން ވެސް ވަނީ އެކަން ކުށްވެރިކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން