އިސްމާއިލް އިފްހާމް (ޕެސްޓް)
އިސްމާއިލް އިފްހާމް (ޕެސްޓް)
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސިމްބޮލިކް ރެކޯޑްސްގެ ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓް) ހައްޔަރުކޮށްފި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ ރެޕް ކިންގގެ ނަމުން މަޝްހޫރުވެފައިވާ ޕެސްޓް ހައްޔަރުކޮށްފައިވާކަން "ރަސް އޮންލައިން"އަށް ވަނީ ކަށަވަރުވެފައެވެ.

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 2.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ޕެސްޓް ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކޮށްފައި ވެއެވެ.

މިއީ ފުލުހުންގެ އިންޓަލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

ފުލުހުން އާންމުކޮށް ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރާ ފުލުސް މީޑިއާ ވައިބަރ ގްރޫޕްގައި "ރަސް އޮންލައިން" އަށް ފުރުސަތު ނުދޭތީ މި އޮޕަރޭޝަންގެ އިތުރު ތަފްސީލް އަދި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ "ރަސް އޮންލައިން"ގެ ނޫސްވެރިންނަށް ލިބޭ ގޮތް ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން