މާލޭގެ މަގުމަތީގައި އޮޕަރޭޝަން ފުލުހުން ހަރަކާތްތެރިވާ މަންޒަރު
މާލޭގެ މަގުމަތީގައި އޮޕަރޭޝަން ފުލުހުން ހަރަކާތްތެރިވާ މަންޒަރު
ކުރިން މްާލޭ ސަރަހައްދު ފުރަބަންދު ކުރިއިރު ދޫކޮށްފައިވާ ފާސްތައް ބައެއް ފަރާތްތަކުން ބޭނުން ކުރަމުންދާ ކަމަށް ބުނެ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ޓްވީޓެއްގައި ބުނީ ކުރިން ދޫކޮށްފައިވާ ފާސް މިހާރު ބޭނުމެއް ނުކުރެވޭނެ ކަމަށެވެ. އަދި ވެހިކަލް ދުއްވުން މަނާގަޑީގައާއި ކާފިއު ވަގުތުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ފުލުހުންގެ ހުއްދަ (ޕޮލިސް ޕާމިޓަށް) އެދެން ޖެހޭ ކަމަށެވެ.

24 ގަޑިއިރު ޑިއުޓީ ކުރާ ތަންތަނުގެ ޑިއުޓީތަކަށްދާ މުވައްޒަފުންނާއި ކެފޭ ރެސްޓޯރަންޓްތަކުގެ ޑެލިވަރީ އަދި އިމަރޖެންސީ އެކި ބޭނުންތަކަށް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ ކަމަށާއި، ހުއްދައަށް އެދުމުން އެސްއެމްއެސް އެއްގެ ޒަރީއާއިން އެމީހެއްގެ މޯބައިލް ފޯނަށް ހުއްދަ ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ހުއްދަ ލިބުމުން އެގޮތަަށް އަމަލު ކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު މީގެ ކުރިން ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ހާއްސަ އިސްކަމެއްދީގެން ފުލުހުން ކުރާ މަސައްކަތެއްގެ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވާފައިވާ ކަމަށާއި، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މިހާރު ވަނީ ކުރިން ބޭނުންކުރަމުން އައި ޕޮލިސް ޕަރމިޓް ޕޯޓަލް ހުޅުވައިލާފައިވާ ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތަކާ ގުޅިގެން އެކިއެކި އިންތިިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ކެފޭ ރެސްޓޯރަންޓްތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ލިބިގެންދާނީ 18:00 އިން 22:30 އާހަމައަށްކަމަށާއި 22:30 ގެ ފަހުން ޑެލިވަރީ ކުރުން މަނާވާނެކަމަށެވެ. އަދި ޑެލިވަރީކުރާ ތަންތަނުގެ ތެރެއިން ކޮންމެ ތަނަކަށް ދެ އުޅަނދަކަށް ހުއްދަ ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ގެސްޓް ހައުސްތަކުން އެއަރޕޯޓަށް ދަތުރުތައް ކުރުމަށްޓަކައި ކޮންމެ ތަނަކަށް ޕޯޓަލް މެދުވެރިކޮށް އެއް ވެހިކަލަށް ހުއްދަ ލިބޭނެކަމަށެވެ. 23:00 އިން ފެށިގެން ފަތިހު 04:30 އާ ދެމެދު ބޭރުގައި އުޅުމަކީ މަނާކަމެއްކަމަށާއި 18:00 އިން ފެށިގެން ހެނދުނު 06:00 ށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ފެނާއި ގޭހުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެއްވެސް ޕަރމިޓެއްނެތި ކޮންމެ ތަނަކަށް ދެ އުޅަނދަކަށް ހުއްދަ ދީފައިވާކަމަށާއި ކޮންމެ ޓެކްސީ ސެންޓަރަކަށް އަދި ޕިކަޕް ސެންޓަރުތަކުގެ ތެރެއިން ކޮންމެ ތަނަކަށް 10 ހުއްދަ ދީފައިވާނެކަމަށާއި ދުއްވުން މަނާ ގަޑިތަކުގައި އެ ހުއްދައިގެ ދަށުން ދަތުރުކުރެވޭނެކަމަށް ސަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން