ރަސްދޫއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން. (ފޮޓޯ: މީސްމީޑިޔާ)
ރަސްދޫއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން. (ފޮޓޯ: މީސްމީޑިޔާ)
އއ. ރަސްދޫގައި ދެ ފަތުރުވެރިއަކު ޕޮޒިޓިވްވެ އެމީހުންނާ އެއްތަންވި މީހުން ހޯދަންފަށައިފިއެވެ.

ރަސްދޫގައި ދެ ފަތުރުވެރިން ޕޮޒިޓިވްވުމާއިއެކު ކޮންޓެކްޓް ޓްރޭސިންގ ހަދަމުންދާކަމަށް އަރިއަތޮޅު އުތުރުބުރީ ހޮސްޕިޓަލުން މިއަދު ވަނީ ބުނެފައެވެ. އަދި މިދެފަތުރުވެރިންނަކީ ރަސްދޫގެ ގެސްޓްހައުސެއްގައި ތިބި ދެ ފަތުރުވެރިންކަމަށާއި މިދެ މީހުންގެ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް އަރިއަތޮޅު އުތުރުބުރީ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ރަސްދޫގައި ކުރިއަށްގެންދެވޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޕޮޒިޓިވްވެފައިވާ ފަތުރުވެރިންނާއި ބައްދަލުވެފައިވާ މީހަކު ވާނަމަ 9935732 ނަންބަރާއި ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް އަރިއަތޮޅު އުތުރުބުރީ ހޮސްޕިޓަލުން އެދިފައިވެއެވެ.

ރަސް އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕޮޒިޓިވްވެފައިވާ ދެފަތުރުވެރިންވަނީ އިއްޔެގެ ވަގުތެއްގައި އެރަށު އާންމުންނާއެކީ ކުޅިވަރު ކުޅުމުގައި ބައިވެރިވެފައެވެ. މިއާއެކު ގިނަބަޔަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވުން އެކަށީގެންވެއެވެ. މީގެ ތެރޭގައި އެރަށު ސްކޫލްގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްގެ ބެލެނިވެރިން ހިމެނޭކަމަށްވެސް ރަސްއޮންލައިން އަށް މައުލޫމާތު ދިން ފަރާތުން ހާމަކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ރަސްދޫގެ ސްކޫލް ބަންދުކޮށްދިނުމަށް ގިނަބެލެނިވެރިން އެދެމުންދާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މީގެެއިތުރުން، ރަސްދޫއަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިން މަގުމަތީގަޔާއި ރަށުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި މާސްކް ނާޅައި އުޅުމާއި އެޗްޕީއޭގެ ގަވާއިދުތަކަށް ބޯނުލަނބާކަން ހާމަކޮށް ރަސްދޫގެ ގިނަބަޔަކު ވަނީ މީސްމީޑިޔާގައި ފޮޓޯ އާއެކު އެކަން އާންމުކޮށްފައެވެ. އަދި މިފަދަ ކަންކަމުގައި އެރަށު ކައުންސިލުން އިހުމާލު ވާކަމަށް ތުހުމަތު ކުރަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޜަސްދޫ މީހެއް

18-Feb-2021

އާން ކައުންސިލުންވެސް މިރަށު ޕޮލިހުންވެސް ބަލަނީ މިރަށު މީހުން މާސްކު އަޅާތޯ ނާޅާނަމަ މަޑުކުރުވާފަ ސުވާލުކުރާނެ؟؟ ގެސްޓުން ހެޔޮ މާސްކު ނާޅާ އުފަންހާލާ އުޅުނަސް!!! މިކަންވެސް މިޔޮތީވެފަ ކައުންސިލުން މިކަމުގަ އިހިމާލުވާނީ



ޓްރެންޑިން