ހުސްނުއް ސުޢޫދު (ވ) ރައީސް ޞާލިޙާއެކު
ހުސްނުއް ސުޢޫދު (ވ) ރައީސް ޞާލިޙާއެކު
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުޢޫދަކީ ޕްރޮފެޝަނަލް ކަމެއް ނެތް އެކްޓިވިސްޓް ފަނޑިޔާރެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލްއުސްތާޒު އަހުމަދު ހައިލަމް ސިފަކުރަށްވައިފިއެވެ.

މި ސަރުކާރުން ސްޕްރީމް ކޯޓަށް އައްޔަން ކުރި ހުސްނުއް ސުޢޫދަކީ އެކްޓިވިސްޓް ފަނޑިޔާރެއްގެ ގޮތުގައި ހައިލަމް ސިފަކުރެއްވީ އަދުލު އިންސާފު ގާއިމު ކުރުމުގެ ނަމުގައި ސްޕްރީމް ކޯޓުގެ ކުރީގެ ފަޑިޔާރުން ޝަރުޢީ ނިޒާމަށް އެއްވެސް ހުރުމަތެއް ނުބަހައްޓައި ކުރަށްވާފައިވާ އަމަލު ތަކާމެދު ލަދުވެތިވާ ކަމަށް ވިދާޅުވެ ފަނޑިޔާރު ހުސްނުއް ސުޢޫދު ނެރުއްވި ރަޢުޔެއްގައި ކުރީގެ ފަނޑިޔާރުންނަށް ފާޑުވިދާޅުވުމުންނެވެ.

މިމައްސަލަ ފާހަގަ ކުރަށްވައި ސުޢޫދަށް ފާޑުވިދާޅުވަމުން ހައިލަމް ވިދާޅުވީ މައްސަލައެއް މުރާޖަޢާކޮށް ފަނޑިޔާރުން ނިންމާ ނިންމުމުގައި އެ މައްސަލައެއް ކުރިން ބެއްލެވި ފަނޑިޔާރުންނަށް ރައްދުވާ ގޮތަށް ބަދު ބަސް ބުނުމަކީ އެއްވެސް ޖުޑީޝަލް ޕްރެސީޑެންޓެއްގައި ފެންނަން ނެތް "އަންޕްރޮފެޝަނަލް އެކްޓިވިސްޓް ޖަޖެއްގެ ފަރާތުން މެނުވީ ފެންނާނެ އަމަލެއް ނޫން" ކަމަށެވެ.





ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ކުރީން މައްސަލަ ބަލާފައިވާ ފަނޑިޔާރުންނަށް ފާޑުވިދާޅުވީ ދަރަންޏެއް ސާބިތު ނުވަނީސް 2.8 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމެއްގެ މައްސަލައިގައި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން އަމަލުކޮށްފައިވާ ގޮތާއި މެދު ލަދުވެތިވާ ކަމަށް އޭނާގެ ރަޢުޔުގައި ވިދާޅުވެފައިވާތީއެވެ.

"އަދުލު އިންސާފު ގާއިމު ކުރެއްވުމުގެ ނަމުގައި، ޝަރުޢީ ނިޒާމުގެ ބޭރުން ސްޕްރީމް ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުން ޝަރުއީ ނިޒާމަށް އެއްވެސް ހުރުމަތެއް ނުބަހައްޓައި ކުރައްވާފައިވާ އަމަލުތަކަށް ލަދުވެތިވެހުރެ، މިމައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ." ހުސްނުއް ސުޢޫދުގެ ރަޢުގައި ވެއެވެ. ސުޢޫދުގެ ރަޢުޔުގައިވާ މިބައި ހައިލަމްގެ ޓްވީޓާއެކު ވަނީ ހިއްސާ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން