ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އާލާސްކަންފުޅެއްގައި ދުބާއީން ފަރުވާ ހޯއްދަވަމުން ގެންދަވާ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރަށްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރު ހުސައިން އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެންކަމުން މިއަދާ ހަމައަށް ވެސް މެންބަރު ހުންނެވީ ސަލާމުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޑޮކްޓަރުން ވެސް މި ވަގުތު ލަފާ ދެއްވާފައިވަނީ ހުސެއިން ވަހީދު މަސައްކަތާ ދުރުގައި ހުންނެވުމަށް ކަމަށެވެ. އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވަނީ ދުބާއީންނެވެ. އަދި އޭނާ ފަރުވާ ހޯއްދަވަމުން ދަނީ ކެންސަރަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ވަގުތު އޭނާގެ ސިއްހީ ހާލަތު ކުރިއަށް ވުރެ ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

މަޖިލީހަށް ވަޑައިނުގެން ތިއްބަވާތާ އެންމެ ގިނަ ދުވަސްވެފައިވާ ތިން މެމްބަރެއްގެ ނަން ނަޝީދު ވިދާޅުވި އެވެ. އެއީ ގާސިމް އިބްރާހީމްގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދެވެ. ނަޝީދު ވިދާޅުވިގޮތުގައި ހުސައިން ވަހީދު އުޅުއްވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމުގަ އެވެ. ސިޔާމް މަޖިލީހަށް ވަޑައިނުގެން ހުންނަވާތާ ވީ ކިހާ ދުވަހެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން