ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ސަން އައިލެންޑް ރިސޯޓްގައި ހުންނެވީ މި ވަގުތަށް ރައްކާތެރި ހެޔޮ ގޮތަކީ އެމީހަކު ހުރި ތަނެއްގައި ދެމިހުރުންކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާތީ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން މިރޭ މިފަދަ ބަޔާނެއް ނެރެފައި މިވަނީ ޤާސިމް އިބްރާހީމް މަޖިލީހަށް ސަލާން ވިދާޅުވާތާ އަހަރެއް ވެފައިވާކަމަށް މަޖިލީހުހެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގައި ވިދާޅުވެ ދެއްކެވި ވާހަކައާއި ގުޅިގެންނެވެ. “ރަސް އޮންލައިން”އަށް އެނގިފައިވާ ގޮތުގައި ޤާސިމް އިބްރާހީމް މަޖިލީހަށް ވަޑައިނުގެން ހުންނަވަނީ އެމަނިކުފާނަކީ ކޮވިޑްގެ ހައިރިސްކް ބޭފުޅަކަށްވާތީ ސިއްހީ އިދާރާތަކުގެ އެންގެވުމާ އެއްގޮތަށް އާންމުކޮށް ނުކުމެވަޑައިގެން ތަންތަނަށް ވަޑައިގެން އުޅުއްވުމަކީ ނުރައްކާތެރި ކަމަކަށްވާތީއެވެ.

ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާސިމް މާލެ ވަޑައިނުގެން މަޖިލީހަށް ސަލާން ވިދާޅުވެފައި ސަން އައިލެންޑް ރިސޯޓުގައި ހުންނަވަނީ މާލޭގައި ކޮވިޑުގެ ހާލަތު އޮތްގޮތުން މިވަގުތަށް އެންމެ ރައްކާތެރިގޮތަކީ އެއީ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީއެވެ.

ޖޭޕީން ބުނީ، ކޯވިޑް-19 ނެތް ސަރަހައްދެއްގައި ހުރެފައި ބަލި އޮތް ސަރަހައްދަކަށް ދަތުރުކުރުމުގައި ވެސް ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެހެންވީމާ މިދަނޑިވަޅުގައި އެންމެނަށްވެސް އެންމެ ރައްކާތެރި ހެޔޮގޮތަކީ އެމީހަކު ހުރި ތަނެއްގައި ދެމިހުރުންކަމަށް ގަބޫލުކުރައްވާތީ ގާސިމް ސަން އައިލެންޑްގައި މަޑު ކުރައްވަނީ ކަމަށެވެ.

އެޕާޓީން ބުނީ މިއީ ސިއްހީގޮތުން ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ ވަގުތެއްކަމުން ގާސިމް ބައްލަވަމުން ގެންދަވަނީ އެންމެންނަށް ވެކްސިން ލިބި ގައުމުގެ ހާލަތު އާދައިގެ ހާލަތަކަށް ބަދަލުވެ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ހުރަސްތަކަށް ލުއި ލިބޭނޭ ދުވަހަކަށް ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް ހާލަތު ބަދަލުވުން ކަމަށެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހަށް ވަޑައިނުގެން ތިއްބަވާތާ އެންމެ ގިނަ ދުވަސްވެފައިވާ ތިން މެމްބަރެއްގެ ނަން ނަޝީދު ވިދާޅުވި އެވެ. އެ ތިން ބޭފުޅުންނަކީ ގާސިމްގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދެވެ. ނަޝީދު ވިދާޅުވިގޮތުގައި ހުސައިން ވަހީދު އުޅުއްވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު


12

ބޯހަލާާކު

18-Feb-2021

ހައި ރިސްކު މީހުން އިސްތިއުފާދީބަލަ އޭރުން ލޯ ރިސްކު މީހުންނަށް ފުރުސަތު ލިބޭނެ



ޓްރެންޑިން