ގަވާޢިދާ ޚިލާފަށް ގިނަ އަދަދެއްގެ ބޭރުފައިސާ ހިފައިގެން ރާއްޖެއިން ދުބާއީއަށް ފުރަން އުޅުނު ދިވެއްސަކު ހިފަހައްޓައިފިއެވެ.
ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ބުނީ މި ދިވެހި މީހާ ރާއްޖެއިން ފުރަން އުޅުނީ ގިނަ އަދަދެއްގެ ޔޫރޯ ހިފައިގެން ކަމަށެވެ. ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުން މިއަދު ހިފެހެއްޓި މިމީހާ ރާއްޖޭގެ ކަސްޓަމްސްއާއި ހަވާލުކޮށްފައިވާ ކަމަށް އޭވިއޭޝަން ސެކިއުރިޓީން ބުނެފައި ވެއެވެ.
ރާއްޖެއިން ގިނައަދަދެއްގެ ޔޫރޯ ޑިކްލެއަރ ނުކޮށް ފުރަން އުޅުނު މީހަކު ހުއްޓުވި ކަމަށް އޭވިއޭޝަން ސެކިއުރިޓީން ބުނި ނަމަވެސް އެމީހާއާއި ބެހޭ އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.
މީގެ ހަތަރު ދުވަސް ކުރިން ވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަނީ ގިނަ އަދަދެއްގެ ބޭރުފައިސާ ހިފައިގެން ރާއްޖެއިން ފުރަން އުޅުނު ބިދޭސީއަކު ހިފަހައްޓާފައެވެ. ގިނައަދެއްގެ ބޭރުފައިސާ ފޮރުވައިގެން ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް އޭވިއޭޝަން ސެކިއުރިޓީން އެދުވަހު ހިފަހައްޓާފައިވަނީ ބަންގްލަދޭޝް ރައްޔިތެކެވެ.

ކިޔުންތެރިންގެ ހިޔާލު