ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ލޮލުންފެނި އަތުން ހިފިފައި ހުންނަ ކަންކަމުގެ ވާހަކަ ތަކަކީ ނުދައްކަވައި ހުންނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައަކާއިމެދު ރައީސް ނަޝީދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެން އަސްލަމަށް ރައްދު ދެއްވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ދެންނެވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ފޯމް ފުރިހަމަކޮށް ލިއުންތައް ހުށައަޅާފައިވާ ފަރާތްތަކަށް ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ދޫކޮށްފައިވާ ލިއުމަކީ އެލިއުމަށް މިސަރުކާރުން އިހުތިރާމު ކުރާނެ ލިއުން ތަކެއް ކަމަށެވެ. އެގޮތުން ކުރިއަށް ހުރި ބޯހިޔާވަހި ކަމުގެ ޕްރޮގްރާމް ތަކުގައި އެމީހުން ހިމެނޭނެ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް މިމޭރުމުން ވާހަކަ ދެއްކެވުމުން ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެން އެކަމަށް ރަށްދުދެއްވައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ވެށިފަހި މާލެ ޕްރޮގްރާމުން ލިއުން ދީފައިވާ މީހުންނަށް އަސްލަމްގެ މިނިސްޓްރީން ޖަވާބު ދެއްވާފައި ވަނީ އެގޮތަށް ނޫން ކަމަށެވެ.

"އިއްޒަތްތެރި ވަޒީރު އަޅުގަނޑަށް ހަނދާންވާ ގޮތުގައި ފަސް ވަނަ ފަހަރަށް ތިކަން ފާހަގަ ތިޔަ ކުރެއްވީ. އެހެން ނަމަވެސް އިއްޒަތްތެރި ވަޒީރުގެ މިނިސްޓްރީން ވެށިފަހި މާލޭގައި ލިއުންދީފައި ހުރި ފަރާތްތައް ގާތުގައި ވިދާޅުވެފަ އެބަހުރި އެލިއުން އޭނާއަށް ލިބިފަ އޮތީ ގޯހުންނޭ. އުއްމީދު ކުރަން ކަމެއް ވަކި ގޮތަކަށް ނިމިފަ އޮތިއްޔާ ވުޒާރާތަކުން އެގޮތަކަށް ކަކްކަން ހިނގާނެ ކަމަށް." ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ލިއުންދީފައިވާ ފަރާތްތަކަށް އެލިއުން ލިބުމަކީ އެމީހުންގެ މައްސަލައެއް ނޫންކަމަށް ވާތީ އެލިއުން ތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ "ލޮލަށް ފެނިފަ އަދި އަތުން ހިފިފަ ހުންނަ" ކަންކަމުގެ ވާހަކަ ނުދައްކަވައި ހުންނެވޭނެ ބޭފުޅެއް ނޫން ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ލިއުން ދީފައިވާ މީހުންގެ ލިއުންތަކާއި މެދު އަމަލު ކުރަށްވާނީ ކޮން ގޮތަކަށްތޯ މެންބަރު އަލީ ޢަޒިމް ސުވާލު ކުރެއްވުމުން އަސްލަމް ވަނީ ހިޔާ މަޝްރޫޢަށް ލިއުންތައް ފުރިހަމަކޮށް 19 ހާސް މީހުން ފޯމު ހުށައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން ފްލެޓް ނުލިބުނު މީހުންނަށް ކުރިއަށް ހުރި ބޯހިޔާވަހި ކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ކަމުގައި އަސަލަމް އިޝާރާތް ކުރެއްވިއެވެ. އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަން ލިބޭނެ ކަމަށް އެމީހުންނަށް ލިއުން ދިނުމަކީ އެމީހުންގެ މައްސަލައެއް ނޫން ކަމަށެވެ. އެލިޔުން ދީފައިވަނީ އެހެން ގޮތަކުން ނަމަ އެއީ ލިއުން ދިން ފަރާތެއްގެ މައްސަލައެއް ކަމުގައި އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ 7000 ފްލެޓް ގެ ތެރެއިން ދޫކޮށްފައި ވަނީ 6720 ފްލެޓެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ ފްލެޓް މަދުވީ އެންމެ ތިރިން ފްލެޓް ދޫނުކުރާ ގޮތަށް ގެނައި ކުޑަ ބަދަލެއްގެ ސަބަބުން ކަމަށެވެ.

6720 ފްލެޓް


ކިޔުންތެރިންގެ ހިޔާލު


1

ދޮގެއް?

20-Feb-2021

ވެށިފަހި އަކީ ޚިޔާލީ އެއްޗެއް. ހިޔާ މަޝްރޫއަކީ ހަގީގީ އެއްޗެއް. އެއްހަމައަކުން ނުމިނޭނެ. މިހިސާބުން ކުރުކޮށްލަން.


3

ކިނބޫ

20-Feb-2021

ލޮލުން ފެނި އަތުން ހިފިފަ އޮތީ އިސްތިއުފާ ދިންތަންވެސް. އެކަމަކު އެވާހަކަ އަދި މިހާތަނަށް ދައްކާފައެއް ނެތް. ޖެހިގެން އައި ދުވަހު މުޅި ގައުމުގަ ރޯކުރިތަންވެސް ލޮލުން ފެނި އަތުން ހިފިފަ އޮތީ. ރައްޔިތުންނަށް އެފަދަ ބޮޑު ގެއްލުން ދީފަހުރިކަން ހަނދާނެއްވެސް ނެތެއްނު. އަދި ކޮބާ 19 ދިވެހިން ޝަހީދު ކޮށްލިތަންވެސް ލޮލުން ފެނި އަތުން ހިފިފަ އޮތީ. ކެރޭނެތަ މިއިން ވާހަކައެއް ދައްކާލަން.


7

މުހަމްމަދު

18-Feb-2021

ތިނުންވަރެއްނުވޭ އަބަދުވެސްދެންއެމްމެއަވަހައްކިޔާކިޔާ އުމުރުން 47 ވީއަބަދުވެސްދެންއަންނަބޯހިޔާވަހިކަމަކުންލީބޭނެ ކޮމްމެފަހަރަކުފޯމްލާއިގެން ލިޔުމަކާއިހަމަޔައްދާންވާއިރައް ލިބިދާނެހެންހީވާއިރައް ދެންއަންނަ އަބަދުވެސްދެންއަންނަ އެހެންނަހާ މިހާރުއަލުގަނޑުމެންވަރައްއުމްމީދުކޮއްކޮއް50 އަހަރުއުމުރުދިޔައީ ކުޑަކުޑަކޮޓަރިއެއްގަތިންކުދީންގޮވައިގެން އަބިފިރިކަންވެސްމަހުރޫމުވެގެން ލިޔުންލިބިފައޮތީމައިންތިޒާރުކޮއްކޮއްތިއްބާ އެވެސްބުލާކާލީ ވަރައްދެރަ ވަރައްހިތާމަހުރިކަމެއް މީފަރެސްމާތުޑާ އަސްލަމައސާބަސް އައްސަރިބަހާއިސާބައަސް މިވަރުންފުދިއްޖެ އުމްމީގެ ހުލުކޮލުވެސްނިވިއްޖެ ސުކުރިއްޔާ



ޓްރެންޑިން