ހައްދުން މަތީގެ ރަށެއް
ހައްދުން މަތީގެ ރަށެއް
ރާއްޖޭގެ 25 ރަށަކުން ދިގު މުއްދަތަށް ބިން ވިއްކުމަށް ނިންމައި އެކަމާބެހޭ ލިއުންތައް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ ކަމަށާއި އެއީ ބޭރުގެ ފަރާތްކަށްވެސް ގަނެވޭ ގޮތަށް ކައުންސިލްތައް މެދުވެރިކޮށް ވިއްކާން ހުޅުވާލާ ބިން ތަކެއް ކަމުގައި ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެންނެވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ 25 ރަށުން ބިން ވިއްކައިގެން އެންމެ ދަށްކޮށް އަގު ޖެހީމާވެސް 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަސްލަމް ވިދާޅުވީ މިހާރު ކައުންސިލް ތަކުން އެކަން ކުރުމަށް ގާނޫނީ ގޮތުން ވެސް ހުރަހެއް ނެތް ކަމަށެވެ.

"މީގެ ކޮންމެ ރަށަކަށް ވާނެ ބޭސް ވެލިއުއެއް ކަލްކިއުލޭޓް ކޮށްފަ. އެ ބޭސް ވެލިއުއަށް ބެލީމަ ވެސް، ވެލިއު ހުންނާނީ ވަރަށް ކުދި އަގުތަކުގަ ޖަހާފަ އަޅުގަނޑުމެން ހުންނާނީ. އެއީ އަޅުގަނޑަށް މިވަގުތު ލިބެން ހުރި މައުލޫމާތަށް ބިނާކޮށް އެއްވެސް ރަށެއްގެ 500 އަށް އަކަފޫޓަކަށް ވުރެ ބޮޑެއް ނުވާނެ. އާންމުކޮށް ހުންނާނީ 200 ރުފިޔާއަށް އަކަފޫޓެއް." 25 ރަށުން ބިން ވިއްކާން ނިންމާފައިވާ ސިޔާސަތު ހާމަ ކުރަށްވަމުން އަސްލަމް ވިދާޅުވިއެވެ.

"ރަށްށުގެ ބޯހިޔާވަހިކަން ކުރިއަށް ގެންދިއުމުގެ ރަށުގެ ދައުރެއް އެބަ އޮންނަން ޖެހޭ. ރަށުގެ ކައުންސިލްގެ ދައުރެއް އެބަ އޮންނަން ޖެހޭ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި ބިންތައް ވިއްކައިގެން ކައުންސިލް ތަކަށް ލިބޭ ލާރިއަކީ އެރަށްރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚަރަދު ކުރަން ހުންނާނެ ފައިސާ ކަމަށެވެ.

"ރައްޔިތުން މަޖިލީހުގެ ކޮމިޓީއަކަށް އަޅުގަނޑު ވާނެ ހުށައަޅާފަ ރާއްޖޭގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ ތެރެއިން ބިން ބޮޑު އާބާދީ މަދު ނޫނީ ސަރުކާރުން ބިން ހިއްކާފަ މިވަގުތު އާބާދު ނުވެ ބިން ހުރި ރަށްރަށުގެ މީހުން ދިރިއުޅުމަށް ކަނޑައެޅޭ ބިން އެއީ 33 ޕަސެންޓް، އަޅުގަނޑުމެން ކައުންސިލް ތަކުން ވިޔަފާރި އުސޫލުން ބިން ވިއްކާ އަދި ބިން ދިގު މުއްދަތަށް އެއީ 50 ޕްލަސް 49، 99 އަހަރަށް ދިވެހީން ނޫން ފަރާތްތަކަށް ވެސް ކުއްޔަށް ދިނުމުގެ ފުރުސަތު ހުޅުވާ ލުމުގެ ގޮތުން، މި ވިޔަފާރި ކުރުމުގެ މުއާމަލާތް ކުރުމަށް އަޅުގަނޑުމެން ހިސާބުތަކެއް ޖަހާފަ 25 ރަށެއް މިދެންނެވި ހިސާބުތައް ޖަހާފަ ރައްޔިތުން މަޖިލީހުގެ ކޮމިޓީއަކަށް އަޅުގަނޑު ވަނީ ހުށައަޅާފަ. މަޖިލީހުގެ އެކޮމިޓީން ވަރަށް ރަނގަޅަށް ބަލައިގަތް ކަމެއް ކަމަކީ." ބިން ވިއްކުމާއި ބެހޭ ގޮތުން އިތުރަށް ސާފު ކޮށްދެއްވަމުން އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-9

އިޔާޒް ޝަހީމް

20-Feb-2021

ބިންވިއްލުމާއި ދެކޮޅާށް ވާހަކަ ދެއްކިމީހުން މިއަދު ކުރަން މިއުޅެނީ ކޮންކަމެއްކަން ބުނެދޭން ޖެހޭނެ


1

ކަތީބު

18-Feb-2021

އައްޑޫ, ލާމު ގަމުން ބިންކޮޅު އިންޑިޔާއަށް ވިއްކާފަ އެލާރި ކައިނިމިދާނެ މިހާެރު...އެމްޑިޕީއެއްނު...ވަގު ބައެއްތީ



ޓްރެންޑިން