ލައިސަންސް ނެތި ސައިކަލް ދުއްވާ މައްސަލައަށް އޮތް ހައްލަކީ 16 އަހަރު ފުރުމުން ޑްރައިވިންގ ލައިސެންސް ދިނުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ، 18 އަހަރުގެ ބަދަލުގައި 16 އަހަރުވުމުން ސައިކަލް ލައިސަސް ލިބޭ ގޮތް ޒުވާނުންނަށް ފަހިކޮށްދިނުމަކީ އޭގެ ހައްލު ކަމަށާއި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެސް 16 އަހަރުވުމުން ލައިސަންސް ދޫކުރާ ކަމަށެވެ.
މާލޭގައި ހަލުއި ކަމާއެކު ކޯޥިޑް-19 ފެތުރޭތީ ލައިސަންސް ދޫކުރުން ވަގުތީ ގޮތުން މަޑު ޖައްސާލާފައިވުމުން އެކަމަށް އިޝާރާތްކުރަށްވައި ޝަހީމް ވިދާޅުވީ ލައިސެންސް ދިނުން ހުއްޓާލާފައި ލައިސަންސް ނެތި ދުއްވާ ޒުވާނުން ޖޫރިމަނާކުރުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށެވެ. މިކަން ހައްލު ކުރުމަށް ލަސްނުކޮށް ލައިސެންސް ދޫކުރަން ފަށަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން ޒުވާނުން ޤާނޫނީ އިމުން ބޭރުވާން މަޖްބޫރުވެ ކުށްވެރިންނަށް ބަދަލުވާން ފުރުޞަތު ދެވިގެންނުވާނެ. އިޖުތިމާޢީ ޙާލަތަށް ބަލައި ގެންނަންޖެހޭ ޒަމާނީ ޙައްލު އަވަސްގޮތަކަށް ގެންނަންޖެހޭ." ޑރ. ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިހެން ވިދާޅުވި އިރު، ލައިސަންސު ނެތި ޖޫރިމަނާ ކޮށްފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެންޕެއިންގައި އަތޮޅުތަކުގެ ރަށްރަށަށް ސުވާލުކުރުމަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖޫރިމަނާގެ މައްސަލައަކީ މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށާއި މި މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.
ނަމަވެސް ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ޤަވާއިދާ އެއްގޮތަށް ހުރިހާ ކުދިން ވެސް އަދި މީހުން ވެސް އުޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ލައިސަންސު ނެތި ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކާ ހެދި ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭވަރަށް މައްސަލަ ބޮޑުވުމަކީ ޙައްލު ކޮށްދޭން ޖެހޭ މައްސަަލައެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިމައްސަލައަށް ހައްލެއް ގެނައުމަށް ކަމާ ބެހޭ ފަރަތްތަކާ ވާހަކަ ދައްކަވައިގެން ވަރަށް އަވަހަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ލައިސަންސްއާ ގުޅޭ ޙައްލު:
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 17, 2021
18 އަހަރުގެ ބަދަލުގައި 16 އަހަރުވުމުން ސައިކަލް ލައިސަސް ލިބޭ ގޮތް ޒުވާނުންނަށް ފަހިކޮށްދިނުން. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެސް 16 އަހަރުވުމުން ލައިސަންސް ދޫކުރޭ.
ޝަހީމް މިހެން ވިދާޅުވި އިރު، ލައިސަންސު ނެތި ޖޫރިމަނާ ކޮށްފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެންޕެއިންގައި އަތޮޅުތަކުގެ ރަށްރަށަށް ސުވާލުކުރުމަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖޫރިމަނާގެ މައްސަލައަކީ މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށާއި މި މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.
ނަމަވެސް ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ޤަވާއިދާ އެއްގޮތަށް ހުރިހާ ކުދިން ވެސް އަދި މީހުން ވެސް އުޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ލައިސަންސު ނެތި ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކާ ހެދި ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭވަރަށް މައްސަލަ ބޮޑުވުމަކީ ޙައްލު ކޮށްދޭން ޖެހޭ މައްސަަލައެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިމައްސަލައަށް ހައްލެއް ގެނައުމަށް ކަމާ ބެހޭ ފަރަތްތަކާ ވާހަކަ ދައްކަވައިގެން ވަރަށް އަވަހަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު