ސިނަމާލެ ފްލެޓްތައް އަލުން ހެދުމަށް ތަޅާލާ ހިސާބަށް ދިއުމުގެ ކުރިން ވެސް، އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ތަންތަން މަރާމާތުކޮށްދޭން ޖެހޭ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ސިނަމާލެ ފްލެޓްތައް ހުރީ މަރާމާތުކޮށްގެން އުޅެވޭ ހާލަތުގައި ނޫން ކަމަށާއި އެ ތަންތަން ޖެހޭނީ އެއްކޮށް ތަޅާލުމަށް ފަހު އަލުން އިމާރާތް ކުރަން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވުމުން އެވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެ ރައްޔިތުންނަށް ހައްގު މިންވަރަކީ ބިރުވެރިކަމެއްގެ ތެރޭގައި ދުވަސްތަށް ހޭދަކުރުން ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ
ސިނަމާލެ ފްލެޓްތައް ވީރާނާ ވަމުން ދާއިރު އެކަމާ މެދު ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅަކީ ކޮބާތޯ ވިދާޅުވެ ސުވާލު ކުރަށްވާފައެވެ.
"ސިނަމާލެ މާލެ ހިޔާ މި ދެ ފްލެޓަކީ މިހާރު ހަމަ ބޮލަށް ވެއްޓޭ ހިސާބަށް ގޮސްފައި އޮތް ދެ ތަން. މިތަނަށް އޮތް ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ؟" މީކާއިލް ސުވާލުކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ސިނަމާލެއާއި އަދި މާލޭ ހިޔާގެ ފްލެޓްތަކަކީ މަރާމާތު ކޮށްގެން ގެންގުޅެވޭ ވަރަށް ވުރެ ހާލަތު ގޯސް ތަންތަން ކަމަށެވެ. އެހެންކަމުން އެތަން ތަޅާލުމަށްފަހު އަލުން އިމާރާތްކުރަން ޖެހިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ،
"ސިނަމާލެ ފްލެޓްތަކަކީ ވަަަރަށް ޒަމާންވީ ތަންތަން. މިނިސްޓްރީގެ ބެލުމުގެ ދަށުގައެއް ނޫން ސީދާ ހުންނަނީކީ ވެސް. އެތަންތަނަކީ ޑިމޮލިޝް ކޮށްފައި އަލުން އިމާރާތް ކުރަން ޖެހޭ ތަންތަން. އެއީ ރިޕެއަކޮށްގެން ގެންގުޅެވޭނެ ތަންތަނެއް ނޫން. ހަނދުމަފުޅު ހުންނާނެ އެތަންތަނަކީ އެންމެ ފުރަތަމަ އެތަން ހެދި އިރު ކައުންސިލް ޕްރޮޕަޓީޒް ގޮތުގައި ކައުންސިލް ހައުސިންގެ ގޮތުގައި ހެދި ތަންތަން،" އަސްލަމް ވިދާޅުވިއެވެ.
އެ ތަންތަނުގެ މިލްކުުވެރިކަން ދީފައިވާ މީހުން ތިބުމުން، އެ އެތަންތަން އަލުން ހެދިދާނެ ކަމަށް ވެސް އަސްލަމް ފާހަގަކުރެއްވިއެވެ.
އެ ފްލެޓްތައް އިމާރާތްކޮށްފައިވަނީ ކައުންސިލް ހައުސިންގެ ގޮތުގައިކަމަށް ވީނަމަވެސް އެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރުމަށް މާލޭ ސިޓީ ކައުންސިލަށް ގޮންޖެހުންތައް އެބަހުރި ކަމަށް އަސްލަމް ވަނީ ފާހަގަ ކުރައްވައިފައެވެ. މާލެ ހިޔާއާއި ސިނަމާލެ ފްލެޓްތައް ބަލަހައްޓަމުން ދަނީ ސިޓީ ކައުންސިލުންނެވެ.

ކިޔުންތެރިންގެ ހިޔާލު