ރާއްޖޭގެ މޫދު އަޑީގެ މަންޒަރެއް
ރާއްޖޭގެ މޫދު އަޑީގެ މަންޒަރެއް
ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް ގޯނާކޮށް، އެތަކެތި މަރައި ނުވަތަ އެތަކެތި ދިރިއުޅޭ ތަންތަނަށް ގޯނާ ކޮށްފި ނަމަ ބޮޑެތި އަދަދު ތަކުން ޖޫރިމަނާކުރާ ގޮތަށް ހިމަނައި "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިތޭ ތަކެއްޗާ ބެހޭ ގަވާއިދު'" އެކުލަވާލައި، އެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދު އެކުލަވަލުމާއެކު ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާމެދު ދެން އަމަލުކުރަމުން ގެންދަން ޖެހޭނީ މި ގަވާއިދުގައި ބުނާ ގޮތަށް ކަމަށެވެ.

މިގަވާއިދުގައި ހިމާޔަތްކުރާ ތަކެއްޗަށް މެނޭޖްމަންޓް ޕްލޭން ހެދުމާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ލިސްޓެއް އެކުލަވައިލުމާއި، ހިމާޔަތް ކުރާ ދިރޭތަކެތި ބަލަހައްޓާ ތަންތަން ރަޖިސްޓްރީ ކުރުމުގެ އިތުރުން އެތަކެތި ދިރާސާކުރުމާބެހޭ އިޖުރާއަތްތައް ހިމެނެއެވެ.

މި ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ދިރޭ އެއްޗަކަށް ގޯނާ ކުރުން ނުވަތަ މަރައިލުން އަދި އެތަކެތި ދިރިއުޅޭ ތަންތަނަށް ގޯނާ ކޮށް ގެއްލުމެއް ދިނުމަކީ މަނާ ކަމެކެވެ. މި ގަވާއިދުގައި ބުނަނީ އެފަދަ އެއްވެސް އަމަލެއް ހިންގައިފި ނަމަ 30،000 ރުފިޔާ އާއި 50،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

މިހާރު ގެޒެޓް ކޮށްފައިވާ މި ގަވާއިދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދުނު ގަވާއިދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން