މިއަދު ކައުންސިލްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
މިއަދު ކައުންސިލްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
10 ރަށެއްގެ ކުނި މެނޭޖް ކުރުމަށް ކައުންސިލްތަކާއެކު މިނިސްޓްރީ އޮފް އެންވަޔަރުމަންޓުން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

2021 ވަނަ އަހަރުގެ ބަޖެޓްގެ ޕީ.އެސް.އައި.ޕީ ގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް މިއަދު ސޮއި ކޮށްފައިވަނީ، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ވަށަފަރު، ހއ. އުތީމު، ހދ. ނައިވާދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނެއްލައިދޫ، ށ. ނަރުދޫ އަދި ގދ. ތިނަދޫ ކައުންސިލުންނެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރުމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން އެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއި ކުރެއްވި ކައުންސިލްގެ އިސް ވެރިންނެވެ.

ޖުމްލަ ނުވަ މިލިއަން އެއްލަށްކަށް، ސާޅީސް ހަތަރުހާސް އަށްސަތޭކަ ނުވަދިހަ ހަރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތުގެ ޓެންޑަރިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ ކައުންސިލް ތަކުންނެވެ.

މި މަސައްކަތް ކައުންސިލްތަކުން ކުރިއަށް ގެންދިޔަ ނަމަވެސް މަސައްކަތުގެ ޓެކްނިކަލް ލަފާ ކައުންސިލަށް ފޯރުކޮށްދޭނީ މިނިސްޓްރީ އޮފް އެންވަޔަރަންޓުގެ ފަރާތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން