ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް
ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް
އިންތިޚާބަކާ ނުލައި، ގޮޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެޖެއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޤާމަކަށް ކުރިމަތިލާ ފަރާތްތައް ނަން އަނބުރާ ގެންދިޔުމަކީ، ނަން އަނބުރާ ނުގެންދާ ފަރާތާމެދު ދާއިރާގެ ރައްޔިތުން ބަސް ހޯދުމަކާ ނުލައި، އިންތިޚާބު ވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

“ރައްޔިތުންގެ ސިއްރު ވޯޓުން އިންތިޚާބުކުރުން ޤާނޫނު އަސާސީން ލާޒިމްކުރާ މަޤާމަކަށް ކުރިމަތިލާ ފަރާތްތައް ނަން އަނބުރާ ގެންދިޔުމަކީ، ނަން އަނބުރާ ނުގެންދާ ފަރާތާމެދު ދާއިރާގެ ރައްޔިތުން ބަސް ހޯދުމަކާ ނުލައި، އިންތިޚާބު ވާން ޖެހޭ ސަބަބެއް ނޫން.” ހައިލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާނޫނު އަސާސީގައި ކައުންސިލް ތަކަށް އައްޔަން ކުރެވޭނީ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާ މެމްބަރުންކަމަށް ކަނޑައެޅިގެން ބުނެފައި ވާނެ ކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ.

"އިންތިޚާބާބެހޭ ޤާނޫނުތަކުގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ރައްޔިތުންގެ ވޯޓާ ނުލައި އިންތިޚާބުކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް. އެފަދައިން އިންތިޚާބުކުރެވޭ ބަޔަކީ ޤާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ގޮތަށް ރައްޔިތުން ފުރިހަމަ ސިފައެއްގައި ރެޕްރެޒެންޓް ކުރެވޭ ބަޔަކަށް ނުވާނެ." ހައިލަމް ވިދާޅުވިއެވެ.

ހައިލަމް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، ލޯކަލް ކައުންސިއްތަކަށް ކުރިމަތިލި ބައެއް ބޭފުޅުންނާ ވާދަކުރައްވާނެ ވާދަވެރިޔަކު ނެތުމުން ކަމަށް ބުނެ ރައްޔިތުންގެ ވޯޓާ ނުލައި ގޮނޑި ކަށަވަރުވެފައިވާކަން އީސީން އިއުލާންކޮށްފައި ވަނިކޮށެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން ބޭއްވޭގޮތް ވަނީ ނުވެފައެވެ.

އިލެކްޝަން ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ވަނީ އިންތިޚާބާބެހޭ ވަގުތީ ގާނޫނެއް ފާސްކޮށް އިންތިޚާބު ބާއްވާނެ އައު ތާރީޚެއް ކަނޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔަރީތައް ފަށާފައެވެ.

މިހާރު އިންތިކާބު ބޭއްވުމަށް މަސައްކަތް ކުރަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ާރަޝީދު

20-Feb-2021

ވަރަަށް ބޮޑަށް ތާއީދު ކުރަން



ޓްރެންޑިން