ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދެފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ވީޑިއޯ ކޯލު މެދުވެރިކޮށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް ނުވަތަ ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދެއެވެ. މިގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިގޮތަށް ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
އޭގެ އިތުރުން، އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން މިގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ސްކޭމް ކޯލްތަކާއި މެސެޖްތައް ގިނަވަމުންދާތީ ފުލުހުންނާއި އެކި މުއައްސަސާތަކުން ދަނީ އާންމުން ހޭލުންތެރިކުރުމަށް އެކި ގޮތްގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ނުގުޅާނެ. ސަމާލުވޭ!https://t.co/3hWnJ4ktaO pic.twitter.com/8JXZSOkqcT
— Maldives Police (@PoliceMv) May 9, 2024
ސްކޭމް ކޯލްތަކާއި މެސެޖްތައް ގިނަވަމުންދާތީ ފުލުހުންނާއި އެކި މުއައްސަސާތަކުން ދަނީ އާންމުން ހޭލުންތެރިކުރުމަށް އެކި ގޮތްގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު