ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރަށްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެމިނިސްޓްރީ އާއި ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދާ އިލްމީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެތަނުން ވަޑައިގެންނެވި ވަފުދާ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލު ކުރަށްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް މިއަދު ވިދާޅުވީ، ސައުދީ އަރަބިއްޔާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ސައުދީގެ އިސްލާމިކް މިނިސްޓްރީއާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ދެވުޒާރާ ގުޅިގެން ރާއްޖޭގައި ދީނީ އިލްމީ ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި މިހާރު ރާއްޖެ ވަަޑައިގެން އުޅުއްވާ ވަފްދަކީ އެ މަޝްވަރާތަކުގައި ވެވުނު އެއްބަސްވީގޮތުގެ މަތިން ރާއްޖޭގައި ދީނީ އިލްމީ ޕްރޮގްރާމްތައް ހިންގުމަށް ވަޑައިގެންނެވި ބޭފުޅުންތަަކެއް ކަމަށާއި މުސްތަގުބަލުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތަކެއް ދެވުޒާރާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ޕްރޮގްރާމްގެ މަގުސަދަކީ އިސްލާމްދީނުގެ ސައްހަ އަގީދާ މީސްތަކުންނަށް ކިޔައިދީ، ބަޔާންކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ ދީނީ ކަންތައްތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި، އިލްމުވެރިންނާއި، ޖަމްއިއްޔާ ޖަމާއަތަތްކަށް އިސްލާމްދީނުގެ މެދުމިނުގެ އުސޫލުތައް ކިޔައިދީ، ހަރުކަށި ވިސްނުންތަކާއި ދެކޮޅަށް އިސްލާމްދީނުގެ ސައްޙަ މައުލޫމާތުތައް އިލްމީ ގޮތުން އޮންނަ ގޮތް ކިޔައިދިނުން.” މިނިސްޓަރ ވިދާޅުވިއެވެ.
މި ޕްރޮގްރާމްތައް ހިންގަނީ ދީނީ އިލްމުވެރިންނަށާއި، ޚަޠީބުންނަށާއި، އެނޫނަސް އިޖުތިމާއީ، ދީނީ އަދި އިލްމީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު