އިރާންގެ ރައީސް އިބްރާހިމް ރައީސީ ދަތުރު ކުރައްވަމުންދިޔަ ހެލިކޮޕްޓަރު ވެއްޓިއްޖެއެވެ.

އިރާންގެ މީޑއާއިން މައުލޫމާތުދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިރާންގެ ޝަހަރެއްކަމުގައިވާ ޖޮލްފާ ކައިރީގައެވެ. މިއީ އިރާންގެ ވެރިރަށް ތެހްރާންއާއި 600 ކިލޯމީޓަރު ދުރުގައިވާ ޝަހަރެކެވެ. މި ހާދިސާ ހިނގާފައިވަނީ އެމަނިކުފާނު އިރާންގެ އިރުމަތީ އަޒަރްބައިޖާން ޕްރޮވިންސަށް ދަތުރު ކުރައްވަމުން ދަނިކޮށެވެ.

އިރާންގެ މީޑިއާއިން މައުލޫމާތުދޭ ގޮތުގައި އިރާންގެ ރައީސްއާއި އެކު ޚާރިޖީ ވަޒީރު ހޮސެއިން އާމިރަބްދޮލައިހިން އާއި އިރާންގެ ރޫހާނީ ލީޑަރުގެ މަންދޫބެއް ކަމަށްވާ އާޔަތުއްލާ މުޙައްމަދު އަލީ އެލެހަޝެމް ވެސް އަރިހުގައި ދަތުރު ކުރެއްވިއެވެ.

މި ހާދިސާއަށްފަހު އިރާންގެ ރައީސްގެ ހާލުކޮޅާއި ބެހޭ މައުލޫމާތު އަދި ލިބިފައެއް ނެތެވެ. މި ހާދިސާ ހިނގި ސަރަޙައްދަށް ރެސްކިއު ޓީމްތައް ވަނީ ފޮނުވާފައި ކަމަށް މީޑިއާތަކުން މައުލޫމަތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން