ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަނިކޮށް ގެއްލުނު މުދާ އުފުލާ ދޯނި، "އޭއޭއޭ-37" ފެނިއްޖެ އެވެ.
ތިލަފުށިން ހުކުރު ދުވަހު ހެނދުނު 6:00 ގައި ފުރައިގެން ދަތުރު ކުރަމުންދިޔަ ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރު 5:20 ގައެވެ. މި ދޯނި ގެއްލިފައިވަނީ ދޯނީގެ 4 ފަޅުވެރިންނާއިއެކުއެވެ. އެއީ ދިވެއްސަކާއި ބަނގުލަދޭޝްގެ ތިން މީހުން ނެވެ.
އެ ދޯނި ފެނުނުކަން އެންމެ ފުރަތަމަ ހާމަކުރީ ކަންނެލި ދޯންޏެއް ކަމަށްވާ އަސުރުމާ ތިނެއް ދޯނިން ނެވެ.
އެ ދޯނިން ސޯޝަލް މީޑިއާގައި ބުނީ އެ ދޯނި ވ. ރަކީދޫ ބޭރުން ފެނިގެން އެކަން އެމްއެންޑީއެފަށް އެންގި ކަމަށެވެ.
އޭގެ ފަހުން އެމްއެންޑީއެފުން ބުނީ އެ ދޯންޏާ ގުޅިފައިވާ ކަމަށެވެ.
"އެމްއެންޑީއެފް ކޯސްޓްގާޑް ޝަހީދު ޢަލީ ދަނީ އެ ދޯނި އޮތް ސަރަހައްދަށް ދިޔުމަށް ދަތުރުކުރަމުން." އެމްއެންޑީއެފުން ބުނެއެވެ.
ނަމަވެސް ދޯނި ގެއްލުނު ސަބަބާއި އަދި އެ ދޯނީގައި ތިބި ފަޅުވެރިންގެ ހާލާ ގުޅޭ ގޮތުން އެމްއެންޑީއެފުން ވަކި އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު