އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު (ކ)
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު (ކ)
ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް ރޭސިން އެސޯސިއޭޝަނަށް ދީފައިވާ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިހެން ވިދާޅުވެފައިވާއިރު ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިން އެސޯސިއޭޝަނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދީފައިވާ ހުއްދަ ބާތިލްކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ.

ރައީސް ޑރ. މުޢިއްޒު މިފަދަ އެންގެވުމެއް އެންގެވީ ހުޅުމާލޭގައި ރޭސް ކާރަކުންޖެހި ޒުވާނަކު ނިޔާވުމާ ގުޅިގެންނެވެ.

ރައީސްގެ ނިންމެވުން ތަންފީޒު ކޮށްފައިވާކަން ހާމަކުރަށްވަމުން ފަޒުލް މީސްމީޑިއާގައި ވިދާޅުވީ ރޭސިންގ އެންޑް ޑްރިފްޓް އެސޯސިއޭޝަނަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި ދީފައިވާ ހުއްދަ ބާތިލްކޮށް އެފަރާތަށް އެކަން އަންގާފައިވާ ކަމަށެވެ.

ރޭސިން އެސޯސިއޭޝަނަށް ހުޅުމާލޭން ދޫކޮށްފައިވާ ހުއްދަ ބާތިލު ކޮށްފައިވާއިރު ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު މޮނިޓަރ ކުރުމާއި، އުޅަނދުގެ އަސްލަށް ބަދަލު ގެނެސްގެން ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމުރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި 8 ފިޔަވަޅެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ ރޭ އަންގަވާފައެވެ.

ރައީސް މިފަދަ ނިންމެވުމެއް ނިންމަވާފައިވާއިރު ހުޅުމާލޭގައި މިފަހުން ސްޕޯޓްސް ކާރުން ޖެހި ހިނގާ އެކްސިޑެންޓުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން