ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެޕާޓްމަންޓަކާއި ދެ ކާރެއް ބަލައި ފާސްކޮށް ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކޮށްފައިވަނީ އއ. ރަސްދޫ، ފުނަމާގެ، ހަސަން ޒަޔާން އާއި، ގދ. ތިނަދޫ، ކުލުނު، އަލީ ސަރީހު އަންވަރެވެ.
އެދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.
އެމީހުންގެ ބަންދު އަމުރުގައިވާ ގޮތުން ޒަޔާނާއި އަސްރަހު ތިބި އެޕާޓުމަންޓުގެ ބަދިގެ އާއި ކޮޓަރި ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި އެމީހުންނާ ގުޅުންހުރި އިތުރު އެޕާޓުމަންޓަކާއި ދެ ކާރަކުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.
އަދި މިކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކޯޓުގައި ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް މަސްތުވާތަކެތީގެ 1،107 މައްސަލަ އެ އިދާރާއަށް ރިޕޯޓް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު