ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދު މެންދުރުފަހު މާލެއާއި، ހުޅުމާލޭން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ދެގަޑިއިރަށް ކަމަށެވެ.

އެގޮތުން ހެންވޭރުގެ ފަޅުމަތީ މަގު، ބޮޑުތަކުރުފާނު މަގު، މާނިފާ ހިނގުން، ކޮއިމަލާ ހިނގުން، އަމީނީ ގޯޅި، ރެހެނދި ހިނގުން، ތަނޑިރަތްމާ ގޯޅި އަދި ރަށްދެބައި ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ މިއަދު މެންދުރު 14:00 އިން 16:00 އާ ދެމެދުގެ ވަގުތު ތަކުގައެވެ.

އޭގެއިތުރުން ހުޅުމާލޭގެ ފްލެޓް 62 - 82 ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 ށް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން