ރާއްޖެއިން އެދިއްޖެނަމަ ޑޯނިއާ މަތިންދާބޯޓު ދުއްވަން ޕައިލެޓުން ތަމްރީންކޮށްދޭނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އެކަން ހާމަކުރީ އިންޑިއާގެ ހާރިޖީ ވުޒާރާއިން ކޮންމެ ހަފްތާއަކު ވެސް ބާއްވަމުންދާ ނޫސްވެރިން ބައްދަލުވުމުގެ ތެރެެއިނާނެވެ.

އެގޮތުން ރާާއްޖޭގައި އޮޮޕަރޭޓްކުރާ ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް ދިވެހިން ތަމްރީން ކުރުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވަލް ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖޭގެ އަސްކަރިއްޔާއައަށް އިންޑިއާއިން މީހުން ތަމްރީންކޮށްދިން ކަމަށެވެ.

އެހެންކަމުން ޕައިލެޓުން ތަމްރީންކުރަން ވެސް ހުށަހަޅައިފިނަމަ އެކަން ބަލައިގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އޮޕަރޭޓް ކުރަމުންދާ ވައިގެ އުޅަނދުތައް ކުރިން ދުއްވަން ތިބީ އިންޑިއާ ސިފައިން ނެވެ.

ނަމަވެސް މި މަހު ވަނީ ހުރިހާ ސިފައިން ބާލައި އެ ބޯޓުތައް ދުއްވަން އިންޑިއާގެ މަދަނީ މީހުން ގެނެސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން