އިނގިރޭސިން ވާހަކަ ދައްކަވާ ގޮތާ ގުޅޭގޮތުން އަމާޒުވި ފާޑުކިއުންތައް ބަލައިގަނެ އެކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ފައިސަލް ރަސްމީ އެކިއެކި ހަފްލާތަކުގައި އިނގިރޭސި ބަހުން ވާހަކަ ދައްކަވާ ގޮތަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
އަދި ފައިސަލްއަށް ޖޯކު ޖަހައިފައި ހުންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ދަނީ ދައުރުވެސް ކުރަމުން ނެވެ.
އެކަމާ ގުޅޭ ގޮތުން ފައިސަލް ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވިދާޅުވީ އޭނާގެ ވާހަކަ ދެއްކުންތެރިކަން ރަނގަޅު ކުރައްވާނެ ކަމަށެވެ.
އެގޮތުން ކޯޗެއް ހޯދައިގެން ވާހަކަ ދެއްކުން ރަނގަޅު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތާގައި އިރާދަކުރެއްވިއްޔާ އެކަން ރަނގަޅު ކުރައްވާނެ ކަަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"އެއީ، ދިވެހި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު ވީމަ، ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ވަކި ސްޓޭންޑަޑެއް ހުންނަކަން އަޅުގަނޑު އެކަން އަމިއްލައަށް ގަބޫލުކޮށް، އަޅުގަނޑު އެ ޕްރެކްޓިސްކޮށް، އެ ޓްރެއިނިންތައް ހަދާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭ މިކަން ރަނގަޅު ކުރާނަން." ފައިސަލް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު