އެޗްޑީސީ
އެޗްޑީސީ
ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައިގައި އެޗްޑީސީން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދީފި އެެވެ.

އެޗްޑީސީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ގޮތަށް 15 މުވައްޒަފަކު ވަކިކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ނަމަވެސް އެޗްޑީސީގެ އޮފިޝަލަކު ރަސްއަށް މިއަދު ކަށަވަރުކޮށްދިން ގޮތުގައި އެ އެންމެންގެ ވަޒީފާވެސް މިހާރު ވަނީ އިއާދަކޮށްދީފަ އެވެ.

އެހެން ނަމަވެސް އެ އެންމެންވެސް ތިބީ ސަސްޕެންޑްކޮށްފައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އެޗްޑީސީގެ ބޯޑުން ޗެއާމަން އަހުމަދު ނާސިފް ފިޔަވައި އެ ކުންފުނީގެ ބޯޑުގެ އެންމެންވެސް އެ މައްސަލައިގައި މީގެ ކުރިން ސަސްޕެންޑް ކުރި އެވެ. ނަމަވެސް ފަހުން އެ އެންމެންގެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.

އެ މައްސަލަ ފުލުހުންނާއި އޭސީސިން ތަހުގީގުކުރަމުންދާ އިރު އެޗްޑީސީގެ އެމްޑީ ކަމުގައި ކުރިން ހުންނެވި ފަޒުލް ރަޝީދު ވަނީ އިސްތިއުފާވެސް ދެއްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން