ގދ އަތޮޅުގައި ހިންގަމުންދާ ރަފެލްސް މޯލްޑިވްސް ރިސޯޓުން އިއްޔެ ހެނދުނު ކަޔަކް ބޯޓެއްގައި މޫދަށް ފޭބި މީހާ ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ގދ އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން އިއްޔެ ހެނދުނު ކަޔަކެއްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މީހާ ކަޔަކް ބޯޓުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދު ގޮސްފައިވާ ކަމަށެވެ.

އަދި އެމީހާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔައީ އެ ރިސޯޓުގައި މަސައްކަތްކުރާ ޢުމުރުން 34 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

އަދި އެ މީހާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 3:30 ހާއިރު ކަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މިޙާދިސާގެ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

އެހެންކަމުން ދަތުރުފަތުރު ކުރުމާއި އެކި ބޭނުންތަކުގައި މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން