ޑރ މުޙައްމަދު އިޔާޒް
ޑރ މުޙައްމަދު އިޔާޒް
ރާއްޖޭގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުމުގައި ގައިދުރުކުރަންޖެހޭ ފަދަ ޟަރޫރަތެއް ނެތް ކަމަށް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ނަމާދުގެ ޚުޠުބާގައި މުސައްލަ ހިފައިގެން މިސްތިކަށް ދިއުމަށާއި، މާސްކު އެޅުމަށް ގޮވާލުމަށްފަހު ގައިދުރުކަމަށް ގޮވާލާފައި ނުވާތީ މީސް މީޑިއާގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދައި ފާޑުކިޔަމުންދާތީ "ރަސް އޮންލައިނުން" ޑރ. އިޔާޒަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، ރާއްޖޭގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުމުގައި ގައިދުރުކުރަންޖެހޭ ފަދަ ޟަރޫރަތެއް ނެތް ކަމަށެވެ.

ޑރ. އިޔާޒް ވިދާޅުވީ ހަމައެކަނި ނަމާދުގައި ގައިދުރުކަން ބެހެއްޓުމުން ފުދޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ. މީގެއިތުރުން ނަމާދު ކުރާއިރު ކައިރި ކައިރީގައި ފަޔާއިފައި އަދި ކޮނޑާއި ކޮނޑު ޖައްސައިގެން ތިބުމަށް ކީރިތި މާތް ރަސޫލާ (‎صَلَّى اللّٰهُ عَلَيْهِ وَسَلَّمَ) އަމުރު ކުރަށްވާފައިވާކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވިއެވެ.

"ރަސޫލުﷲ ގެ ފާނުގެ އަމުރުފުޅާ ޚިލާފު ވެވޭނީ ޟަރޫރަތެއް އޮވެގެން. އެފަދަ ޟަރޫރަތެއް ނެތް." ޑރ. ޢިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ މާތްވެގެންވާ މައްކާގެ ޙަރަމްފުޅުގައި ގައިދުރުކޮށް ޖަމާޢަތުގެ ނަމާދުތައް ގައިދުރުކޮށް ކުރުމަކީ ރާއްޖޭގައި އެކަން އެގޮތަށް ކުރުން އޮތް ޙުއްޖަތެއް ނޫން ކަމަށެވެ. އަދި މައްކާގައި މިސްކިތަށް މީހުން ވައްދަނީ ވަކި ވަރަކަށް ކަމަށާއި، ނަމާދުކޮށް ނިމުމުން މުޅި މިސްކިތް ޑިސްއިންފެކްޓް ކުރާކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު ދުނިޔޭގެ އިސްލާމީ ގިނަ ޤައުމުތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ކުރިއަށް ގެންދަނީ ދުރުދުރުގައި ތިބެގެންނެވެ. އަދި އެކަމުގައި ދުނިޔޭގެ ބޮޑެތި ދީނީ ޢިލްމުވެރިން ސުވާލު އުފައްދަމުން ނުދާކަންވެސް ފާހަގަކުރެވެއެވެ. ނަމަވެސް މިކަމުގައި ވެސް ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމުވެރިންގެ ތެރެއިން ބައެއް ފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތުކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

އަލީރާޖާ

16-May-2021

ތިޔަ އަރަބިންނަށްވުރެ ދިވެހި ބަހުން ވާހަކަ ދައްކާ ދިވެހިން މާ މޮޅުވާނެ. އިގިއްޖެ!


5

ހަސަނު

20-Feb-2021

ހޮޓާތަކުގަ ޖެހިޖެހިގެން އޯކޭ


15

ޢެދުރު

20-Feb-2021

ނުޖެހޭ ދުރު ދުރުގަ ތިބޭކަށް ނަމާދުގައެއް. އިނގިއްޖީ


6

علي وحيد

20-Feb-2021

ރާއްޖޭގައި އަސްލު ދީނީ ޢިލްމު ވެރިޔަކު ނެތީ ތިބީ ބައިކުޅަބައި ޢިލްމުވެރިން ތިޔަ ޑިރެކްޓަރު އިޔާޒަކީ އެއްވެސް އެއްޗެއް އެނގޭ ގަމާރެއްނޫން މުރަނގަ ގަސްދަށު މާލިމީވެސް އެއަށްވުރެ މޮޅު


7

ސަތަރި

20-Feb-2021

މިމީހަކު ގަބޫލުކުރާގޮތުގަ މިނޫނީ ދެންތިބީ ﷲތައާލާ ރުއްސަވާ އަޅުންނެއް ނޫން. މީނަ ދުވަހަކު ޑޮކްޓަރަކަށް ދެއްކިތަ? މިގައުމު މިހާރު ފަސާދަކުރަނީ މިމީހަކު. ﷲއެކަލާނގެ އަޅަކަށް ދެއްވަން ހުރިއަޖުރު މީހަކު އެހެންމީހަކަށް ފިލުވައިނުދިނަސް ނޭނގޭ ވަރު ބަޔަކު ނޫޅޭ. ގައުމުގެ ހާކިމާ ކަމަށް ހެދިގެންނޫޅޭ



ޓްރެންޑިން