ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ސްރީލަންކާގެ ކޮތެލަވާލެ ޑިފެންސް ޔުނިވާސިޓީގެ އެމްބީބީއެސް ޕްރޮގްރާމުގެ އެއްވަނަ ޙާސިލްކުރި ޑރ. އާމިނަތި ޒަހާ ޒުހައިރުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެއެވެ.

ޒަހާއަށް މަރުހަބާ ވިދާޅުވެ ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ޒަހާގެ ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ހުރިހާ ރޮނގަކުންވެސް ޒަހާއަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ޒަހާގެ އާދަޔާ ހިލާފު ކާމިޔާބީއާމެދު މުޅި ގައުމު ފަހުރުވެރިވޭ،" ރައީސް ވިދާޅުވިއެވެ.



ޑރ. ޒަހާ ވަނީ، ކޮތެލަވާލެ ޑިފެންސް ޔުނިވާސިޓީގެ އެމްބީބީއެސް މެޑިކަލް ޕްރޮގްރާމުން ތިން ދާއިރާއަކުން ރަން މެޑަލް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ މުޅި ޕްރޮގްރާމުންވެސް އެއްވަނަ ޙާސިލް ކޮށްފައެވެ.

އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ ޑރ. ޒަހާ ހޯދި މި ކާމިޔާބީއަކީ ދިވެހި ދަރިވަރަކު ސްރީލަންކާގެ ޔުނިވަރސިޓީއަކުން ހޯދި އެންމެ މަތީ ޝަރަފެވެ. ޒަހާއަށް މެޑަލް ޙަވާލުކޮށްދީފައިވަނީ ސްރީލަންކާގެ ރައީސް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން