އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު (ކ) އާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ވ)
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު (ކ) އާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ވ)
ރައީސް މުޙައްމަދު ނަޝީދުގެ ދައުރުގައި 2011 ވަނަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއި ކުރެވުނު 40 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ބާކީ ހުރި ފައިސާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުތައް ހެދުމަށް ނިންމައި އެކަމާގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސޮއި ކުރެވެނު އެކްސްޕޯޓް - އިމްޕޯޓް ބޭންކް އޮފް އިންޑިއާ އިން ފޯރުކޮށްދިން ލައިން އޮފް ކްރެޑިޓްގެ ދަށުން އޭރު ފައިސާ ޚަރަދުކޮށްފައިވަނީ ރާއްޖޭގެ ކަންކޮޅުތަކުގައި 500 ހައުސިންގ ޔުނިޓު އެޅުމަށެވެ.

އިންޑިއާއިން ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލީހްގެ ވެރިކަމުގައިވެސް ރާއްޖެއަށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީއެއް ދީފައެވެ. މި ފައިނޭންސްގެ ދަށުން އައްޑޫގައި މަގުތައް ހެދުމަށް ނިންމާފައިވާކަން ސަރުކާރުން ވަނީ ކުރިން އިއުލާންކޮށްފައެވެ. އަދި ބައެއް ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ހެދުމާއި، ތިލަ މާލެ ބްރިޖް މަޝްރޫޢުވެސް ކުރިއަށް ގެންދަނީ އެ ކްރެޑިޓް ލައިންގެ ތެރެއިންނެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ނ. ކެނދިކުޅުދޫ ގޭދޮށު މަސް ޕްލާންޓް އާއި ދެމެހެއްޓެނިވި ގޮތުގައި ރަށްފުށުގެ ތަރައްގީ ކުރިއެރުވުމާއި ގުޅޭ އެއްބަސްވުމާއި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ 2000 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. މިމަޝްރޫޢު ހިންގުމަށް އިންޑިއާގެ އިމްޕޯޓް އެކްސްޕޯޓް (އެގްޒިމް) ބޭންކުން ފަހި ދިރިއުޅުން ކޯޕަރޭޝަނަކަށް 130 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ބްރޯޑްކާސްޓިންގ ދާއިރާ ހަރުދަނާ ކުރުމަށް އިންޑިއާ ސަރުކާރުގެ ބްރޯޑްކާސްޓިންގ އޭޖެންސީ ޕްރަސާރު ބާރުތީ އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ދެމެދު ޕަބްލިކް ސަރވިސްގެ ދާއިރާ އިން މީހުން ބިނާކުރުމާއި، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން