އެމްޑީޕީ ސަރުކާރުގެ މި ދައުރު ނިމޭއިރު އައްޑޫގެ ހުރިހާ މަގުތަކެއް ހަދާނިމޭނެ ކަމަށް އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ފެންހިންދާ ނިޒާމާއިއެކު، އައު ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމާއި، 40 ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫއު ވަނީ 1.19 ބިލިޔަން ރުފިޔާއަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލު ކޮއްފައެވެ. އަދި މިމަސައްކަތް 730 ދުވަހުން ނިންމުމަށް އެ އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.
އެކަމާގުޅިގެން ޢަލީ ނިޒާރު ވިދާޅުވީ، އިރާދަ ކުރެއްވިއްޔާ އެމްޑީޕީގެ ސަރުކާރުގެ މި ދައުރު ނިމޭއިރު އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ދާނެ ކަމަށެވެ. އެގޮތުން ސީސީޓީވީ ހަރުކޮށް ސަލާމަތީ ފާހަގަތައް ނިންމައި، މަގުތަކުގައި މަގުބައްތި ޖަހާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީ ނިޒާރު ވިދާޅުވީ، މިއީ ފައިސާ ލިބި މިހާރު ކޮންޓްރެކްޓަރާ ޙަވާލު ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
ޢަލީ ނިޒާރު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު އައްޑޫގައި ތާރު އަޅައިގެން ހެދިފައި ވަނީ، އެއްކިލޯމީޓަރުގެ މަގު ކަމަށެވެ. އެއީ ފޭދޫގައި ހަދާފައިވާ 0.7 ކިލޯމީޓަރުގެ ރަށްދެބައި މަގާއި ހިތަދޫގައި ހަދާފައިވާ 0.4 ކިލޯމީޓަރުގެ މަގު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން މިހާރުވެސް އައްޑޫގައި 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން އައްޑޫގައި ގޭދޮށު މަސް ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫމީދޫ އަދި މަރަދޫގައި ގޭދޮށު މަސްޕްލާންޓްތައް ޤާޢިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާނީ މިއަދުގެ ވަގުތެއްގައެވެ.

Iraadha kurevviyaa MDP sarukaaruge mi dhauru nimey iru Addu ge hurihaa rashei ge maguthah rangalhu fenvara kah hedhi CCTV magu bahthi , Road signs thah himeney hen nimmaaleveyne. Mee faisaa libi havaalu kurevifai vaa masakkai thakei.
— Ali Nizar (@DhekunuNizar) February 21, 2021
ޢަލީ ނިޒާރު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު އައްޑޫގައި ތާރު އަޅައިގެން ހެދިފައި ވަނީ، އެއްކިލޯމީޓަރުގެ މަގު ކަމަށެވެ. އެއީ ފޭދޫގައި ހަދާފައިވާ 0.7 ކިލޯމީޓަރުގެ ރަށްދެބައި މަގާއި ހިތަދޫގައި ހަދާފައިވާ 0.4 ކިލޯމީޓަރުގެ މަގު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން މިހާރުވެސް އައްޑޫގައި 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން އައްޑޫގައި ގޭދޮށު މަސް ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫމީދޫ އަދި މަރަދޫގައި ގޭދޮށު މަސްޕްލާންޓްތައް ޤާޢިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވާނީ މިއަދުގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު