އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 26 މީހުން ރަނގަޅުވެ، އެސިޓީގައި ބަލިޖެހިފައި ތިބި މީހުންގެ ޢަދަދު 43 އަށް ތިރިވެއްޖެއެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ، މިއަދު އިތުރު ފަސް މީހުން އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ހިތަދޫން އެކަކު ޕޮޒިޓިވް ވެފައިވާއިރު، ފޭދޫން ދެ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މީދޫންވެސް ދެ މީހުންވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ އިތުރުން އެ ސިޓީން 26 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އެ ސެންޓަރުން މަޢުލޫމާތު ދެއްވައެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިވަގުތު އައްޑޫ ސިޓީ ހިތަދޫން 21 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ފޭދޫން 16 މީހުން ޕޮޒިޓިވްވެފައިވާއިރު، މަރަދޫ ފޭދޫން 04 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ އިތުރުން މީދޫން ދެ މީހުން ޕޮޒިޓިވްވެފައިވާއިރު، ހުޅުދޫމީދޫން 26 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އަދި އައްޑޫން ވަނީ 2408 ސާމްޕަލް ނަގާފައެވެ.
އައްޑޫގައި މިވަގުތު ދެ ކްލަސްޓަރ އެއް އޮތް އިރު އޭވިއޭޝަން ކްލަސްޓަރ އިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 364 އަށް އަރާފައިވާ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އެކަކަށް ދަނީ ފަރުވާދެމުންނެވެ. އަދި 194 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.
އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ސިޓީގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Case Update (Addu City) as of 21 February 2021, 1800hrs pic.twitter.com/b67ap8gAQ1
— Addu Emergency Operations Center (@EOCaddu) February 21, 2021
އައްޑޫގައި މިވަގުތު ދެ ކްލަސްޓަރ އެއް އޮތް އިރު އޭވިއޭޝަން ކްލަސްޓަރ އިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 364 އަށް އަރާފައިވާ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އެކަކަށް ދަނީ ފަރުވާދެމުންނެވެ. އަދި 194 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.
އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ސިޓީގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު