ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ
ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ
މާލޭގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ކައިވެނި ޕާޓީއެއް ހުއްޓުވައި ޕާޓީ ކުރިއަށް ގެންދިޔަ ސޯލްޓް ކެފޭ ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ބުނީ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި ހިލާފަށް ބޭއްވި ކައިވެނި ހަފްލާއެއް މިއަދު ހަވީރު 05:30 ހާއިރު ހުއްޓުވާފައިވާ ކަމަށެވެ. އަދި ޕާޓީ ކުރިއަށް ގެންދިޔަ ސޯލްޓް ކެފޭ ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވުމާއި ގުޅިގެން، އެޗްޕީއޭއިން ވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި މީހުން އެއްވެ އުޅުން މަނާކޮށް، ޕާޓީތަކާއި ހަފްލާތައްވެސް ބޭއްވުން މަނާކޮށްފައެވެ.

އަދި، 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށް ހަވީރު 06:00 އިން ފެށިގެން ހެނދުނު 06:00 އަށް އެއްގަމު ވެހިކަލްތައް ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން