ކުރީގެ ރައީސް، އަދި ދީނީ ޢީލްމުވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް، އަދި ދީނީ ޢީލްމުވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި އޮތް ނުރައްކާތެރި ޙާލަތަށް ވިސްނައި، ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކުރުން މުހިންމު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ނަމާދުގެ ހުކުރު ޚުޠުބާގައި މުސައްލަ ހިފައިގެން މިސްކިތަށް ދިއުމަށާއި، މާސްކު އެޅުމަށް ގޮވާލުމަށްފަހު ގައިދުރުކަމަށް ގޮވާލާފައި ނުވާތީ މީސް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެކަމާމެދު ސުވާލު އުފައްދާފައެވެ. އެކަމާގުޅިގެން ރާއްޖޭގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުމުގައި ގައިދުރުކުރަންޖެހޭ ފަދަ ޟަރޫރަތެއް ނެތް ކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

ފަރުޟު ނަމާދުގެ ޖަމާޢަތުގައި ގައިދުރުކުރުމާ ގުޅޭގޮތުން ރައީސް މައުމޫން މިއަދު ވިދާޅުވީ، ތިމާގެ ފުރާނައާއި ނަފްސު ރައްކާތެރި ކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އެހެންކަމުން ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ޞިއްޙީމާހިރުން ލަފާދޭ ކަންތައްތައް ކުރުން ލާޒިމް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވީމާ މިވަގުތު ޖަމާޢަތުގައި ނަމާދު ކުރާއިރު ގައިދުރުކުރުން މުހިންމު." ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.



ތިރީހަކަށް އަހަރު ދިވެހިންގެ ދީނީ ޝިޢާރު ނެގެހެއްޓުމުގެ މަތިވެރި ޒިންމާ އުފުއްލަވާފައިވާ ރައީސް މައުމޫންގެ މި ވާހަކަފުޅަށްވެސް، ޑރ ޢިޔާޒް ވަނީ ރައްދުދެއްވައި ޖަދަލު ކުރަށްވާފައެވެ.

އިޔާޒް ވިދާޅުވީ، މިހާތަނަށް މިސްކިތަށް ދިއުމުގެ ސަބަބުން ފުރާނަގެއްލުނު ޢަދަދާއި، ނުވަތަ ކޯވިޑް-19 މިސްކިތުން ފެތުރިފައިވަނީ ކިހާ މިންވަރަކަށް ކަމާމެދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. އަދި ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން އެންމެ މާތް އަޅުކަމުގެ ތެރެއަށް އަމިއްލަ ގޮތް ވެއްދުމުން ދެން ވާނެ ގޮތާ މެދުވެސް ވިސްނަންޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ. އަދި ގިނައިން ކޯވިޑް ޖެހިފައިވަނީ ވާރެޔާ ހިޔާވާންވެސް މިސްކިތު ފުރާޅުދަށަށް ނުވަންނަ މީހުންނަށް ކަމަށް އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު ދުނިޔޭގެ އިސްލާމީ ގިނަ ޤައުމުތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ކުރިއަށް ގެންދަނީ ދުރުދުރުގައި ތިބެގެންނެވެ. އަދި އެކަމުގައި ދުނިޔޭގެ ބޮޑެތި ދީނީ ޢިލްމުވެރިން ސުވާލު އުފައްދަމުން ނުދާކަންވެސް ފާހަގަކުރެވެއެވެ. ނަމަވެސް މިކަމުގައި ވެސް ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމުވެރިންގެ ތެރެއިން ބައެއް ފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތުކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން