ރާއްޖޭގައި ބޭނުންކުރަމުންދާ ކޮވިޝީލްޑް ވެކްސިން
ރާއްޖޭގައި ބޭނުންކުރަމުންދާ ކޮވިޝީލްޑް ވެކްސިން
ކޮވެކްސް ފެސިލިޓީގެ ދަށުން އެއްލައްކަ ސިރިންޖް ރާއްޖެއަށް ލިބިއްޖެއެވެ.

މިއަދު ރާއްޖެއަށް އިތުރު އެއްލައްކަ ޑޯޒް ވެކްސިން ކޯވެކްސް ފެސިލިޓީގެ ދަށުން ލިބޭނެކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މިއަދު ވެކްސިންގެ އެއްވެސް ޑޯޒެއް ރާއްޖެއަށް ނުލިބޭ ކަމަށެވެ. ނަމަވެސް މިއަދު އެއްލައްކަ ސިރިންޖު ލިބެނީ ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިނަކީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިނެކެވެ. އެންމެ ފުރަތަމަ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރީ އެ ވެކްސިންގެ އެއްލައްކަ ޑޯޒެވެ. އަދި އިތުރު އެއްލައްކަ ޑޯޒް މި ހަފުތާގެ ތެރޭގައި ރާއްޖެއަަށް ވަނީ ލިބިފަ އެވެ. އެއީ ވެސް އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންތަކެކެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިން މީހުންގެ ޢަދަދު ވަނީ އަށްޑިހަހާސް ފަހަނައަޅައި ގޮސްފައެވެ. ނަމަވެސް މިވަގުތު މާލެއިން ވެކްސިން ޖެހުމަށް ލިބެނީ ފިނި ތަރުޙީބެއް ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން