އައްޑޫގައި މިވަގުތު ތިބި އެކްޓިވް ކޭސްގެ ޢަދަދަކީ 38 ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ، މިއަދު އިތުރު ހަތް މީހުން އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވެ، 9 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. އެގޮތުން ފޭދޫން އެކަކު ޕޮޒިޓިވްވެފައިވާއިރު، މީދޫންވެސް ފަސް މީހުންވަނީ ޕޮޒިޓިވް ވެފައެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އައްޑޫ ސިޓީން 76 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު 38 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ހިތަދޫން 21 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ފޭދޫން 17 މީހުން ޕޮޒިޓިވްވެފައިވާއިރު، މަރަދޫ ފޭދޫން 04 މީހުން ޕޮޒިޓިވްވެފައި ވެއެވެ. އޭގެ އިތުރުން މީދޫން 8 މީހުން ޕޮޒިޓިވްވެފައިވާއިރު، ހުޅުދޫމީދޫން 26 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އައްޑޫން ޖުމްލަ 2754 ސާމްޕަލް ނަގާފައިވާއިރު ވޭތުވެދިޔަ 24 ގަޑީރު ނަގާފައިވަނީ 89 ސާމްޕަލް އެވެ.
އައްޑޫގައި ކޯވިޑްގެ ދެ ކްލަސްޓަރ އެއް އޮތް އިރު އޭވިއޭޝަން ކްލަސްޓަރ އިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 399 އަށް އަރާފައިވާ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އެކަކަށް ދަނީ ފަރުވާދެމުންނެވެ. އަދި 122 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.
އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ސިޓީގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Case Update (Addu City) as of 23 February 2021, 1800hrs pic.twitter.com/qClhlWgiTe
— Addu Emergency Operations Center (@EOCaddu) February 23, 2021
އައްޑޫގައި ކޯވިޑްގެ ދެ ކްލަސްޓަރ އެއް އޮތް އިރު އޭވިއޭޝަން ކްލަސްޓަރ އިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 399 އަށް އަރާފައިވާ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އެކަކަށް ދަނީ ފަރުވާދެމުންނެވެ. އަދި 122 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.
އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ސިޓީގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު