އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު
ވިސާ އެޕްލިކޭޝަން ސިސްޓަމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށް އަލުން ޚިދުމަތް ފަށައިގަތުމަށް ދެތިން ދުވަސް ނަގާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރެފައިވާ އިޢުލާނެއްގައިވަނީ، ވިސާ އަށް އެދި ފޯމު ހުށަހެޅުމަށް ނަމްބަރު ދޫކުރާ ސިސްޓަމަށް ދިމާވި މައްސަލައިގެ ސަބަބުން ވިސާ އަށް ފޯމު ހުށަހަޅާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

ހައިކޮމިޝަނުން ބުނީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދު ކޮށްފައިވީ ނަމަވެސް ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައިވާ ގާތްގުޅުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ހާއްސަ ހުއްދައެއްގެ ދަށުން ދިވެހިންނަށް އިންޑިއާއަށް ބޭހަށް ދެވޭނެ އިންތިޒާމް އެ ޤައުމުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 5،000 އަށްވުރެ ގިނަ މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށާއި، އަދި މިއަހަރު އެކަނި 2،000 އަށްވުރެ ގިނަ މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލަ ޙައްލުކޮށް ވަރަށް އަވަހަށް ވިސާ ޓޯކަން ސިސްޓަމަށް ސްޓްރީމްލައިން ޙައްލެއް ހޯދައިދޭނެ ކަމުގެ ހައިކޮމިޝަނުން ވަނީ ދީފައެވެ.

ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާގެ ބޭނުމަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ވިސާ ނަންބަރު ދޫކުރުމުގައި ބޭނުންކުރާ އޮންލައިން ސިސްޓަމްގައި މައްސަލަޖެހި ގިނަ ބަޔަކު ދަނީ އިންޑިޔާ ހައިކޮމިޝަން ކުރިމަތީގައި ނަންބަރު ހޯދުމަށް ކިއޫ ޖެހެމުންނެވެ. އެހެންކަމުން އެކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ގިނަ ބަޔަކު ގެންދަނީ މީސްމީޑިއާގައި އިންޑިއާ ހައިކޮމިޝަނަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން