ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ރާއްޖޭގައި ކޯވިޑް-19 މިހާރު ވަނީ ކޮންޓްރޯލުން ނެއްޓިފައި ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެެއެވެ.

ޓުއާ އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންގެ ޚާއްސަ ގާނޫނު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 ބަލި މިވަގުތު މިވަނީ ކޮންޓްރޯލުން ނެއްޓިފައި ކަމަށާއި، ޚާއްސަކޮށް މިވަގުތު މާލެސަރަހައްދު އޮތީ އަލުން ލޮކްޑައުން އަކަށް ދާންޖެހޭ ޙާލަތުގައި ކަމަށެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ، މާލޭގައި މިހާރު ކޮވިޑް ސްޕްރެޑް އޮތީ ލަފާކުރަންވެސް ނޭންގޭ މިންވަރަށް ކަމަށާއި، ނަމަވެސް އަލުން ފުލީ ލޮކްޑައުން އަކަށް ދާން އިޤްތިޞާދު ތަންނުދޭކަމަށެވެ. ބަލި ކޮންޓްރޯލް ކުރަން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި، މިއީ އާދައިގެ ރޯގާއެއް ކަމަށް ދުށުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މާލޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.

ބައެއްމީހުންގެ ނަޒަރުގައި ވެކްސިން ޖެހުމުން ކޮވިޑުން އަރައިގަނެވުނީ ކަމަށާއި، ނަމަވެސް މިއީ އެގޮތަށް ނިމެންއޮތްކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރުން ބައެއް ދީނީ ޢިލްމުވެރިން އެޗްޕީއޭގެ ގައިޑްލައިނާ ފުށޫއަރާ ވާހަކަތައް ދައްކަވާ ކަމަށާއި އެކަން ހުއްޓެންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 19162 އަށް އަރާފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 124 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ހަސަން

28-Feb-2021

މޯދީގެ ގެރިގޮރު ވެކްސިން ޖެހީމާ ކޮވިޑް ޖެހޭ އަދަދު މައްޗަށް ދަނީ. ދެން މައިމޫންގެ ގޮތުން ވެކްސިން ހަދައިގެން ޖެހީމާ ކޮވިޑް ފަނި މަރުވެދާނެ.



ޓްރެންޑިން