މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ
މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ
ޕީޕީއެމުން ބޭނުންވަނީ ރައްޔިތުން ބަލި މަޑު ކަމުގެ ތެރެއަށް ގެންދަން ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތު މާލޭ ސަރަޙައްދުގައި ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ސަރުކާރުން ބުނެފައިވަނިކޮށް އިދިކޮޅު ކޯލިޝަނުން މިއަދުވެސް ދަނީ މާލޭގައި މުޒާހަރާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން އިދިކޮޅުގެ އެއްވުން ރޫޅާލުމަށް ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން އިދިކޮޅު ޕާޓީތަކުގައި އިސްކޮށް ޙަރަކާތްތެރިވާ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

ޕީޕީއެމްގެ އެއްވުންތަކާ ގުޅިގެން މެމްބަރު ރާއީ މިއަދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކައުންސިލް އިންތިހާބު ފަސްކުރުމަށް ކަމަށެވެ. އަދި އިންތިޚާބު ބާއްވަން އިދިކޮޅުން ބޭނުންނުވާ ކަމަށް ރާއީ ވިދާޅުވިއެވެ.

"ޔަގީންވޭ ކާމިޔާބު ވެސް ނުހޯދޭނޭ ކަން، ދެން ކުރަން ބޭނުންވަނީ އިޖްތިމާއީ ހަމަޖެހުން ނަގާލާ ރައްޔިތުން ބަލި މަޑު ކަމުގެ ތެރެއަށް އިތުރަށް ވައްދާ، ފިތުނަ ފަސާދަ އުފައްދަން،" މެމްބަރު ރާއީ ވިދާޅުވިއެވެ.



މެމްބަރު ރާއީ ވިދާޅުވީ، އިދިކޮޅުގައި ތިބީ ކެއްކީމަ ކާންދާ ގްރޫޕެއް ކަމަށެވެ.

ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތު ކަމަށް ދެކޭ ކަމަށެވެ. އަދި، އިދިކޮޅު ފަރާތްތަކުން އިންތިޒާމްކުރާ ގާނޫނާއި ގަވާއިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް އެޗްޕީއޭއިން ވަނީ، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން