އިދިކޮޅު ޕީޕީއެމް އިން މިއަދު މުލިއާގެ ކަންމައްޗަށް އެއްވެފައި
އިދިކޮޅު ޕީޕީއެމް އިން މިއަދު މުލިއާގެ ކަންމައްޗަށް އެއްވެފައި
އިދިކޮޅު ކޯލިޝަނުން ފްލެޓްކޮބާގެ ނަމުގައި މިއަދު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ އަދުރޭ އާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާނު މައުމޫން ހައްޔަރު ކޮށްފިއެވެ.

ކޯވިޑް-19ގެ ޙާލަތު މާލޭ ސަރަޙައްދުގައި ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ސަރުކާރުން ބުނެފައިވަނިކޮށް އިދިކޮޅު ކޯލިޝަނުން މިއަދުވެސް ދަނީ މާލޭގައި މުޒާހަރާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން އިދިކޮޅުގެ އެއްވުން ރޫޅާލުމަށް ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން އިދިކޮޅު ޕާޓީތަކުގައި އިސްކޮށް ޙަރަކާތްތެރިވާ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

ފުލުހުން އިދިކޮޅޫ ލީޑަރޝިޕްގެ ބައެއް އިސް ފަރާތްތައް ހައްޔަރު ކޮށްފައި ވަނިކޮށް އިދިކޮޅުން ވަނީ މުޒާހަރާކުރުމަށް މަގުތަކަށް މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ. އަދި މުޒާހަރާގެ ތެރެއިން އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ އަދުރޭ އާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާނު މައުމޫން ފުލުހުންގެ ހައްޔަރަށް މިހާރު ވަނީ ގެންގޮސްފައެވެ.

އަދުރޭ އާއި ޣައްސާންގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އާއި، މެމްބަރު މޮސްޓާވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވަނީ ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ފުލުހުން މިހާރު ވަނީ ޕީޕީއެއްގެ އޮފީސް ކައިރިއަށް އެއްނުވެވޭގޮތަށް ބަންދުކޮށްފައެވެ.

މާލެ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް އެޗްޕީއޭއިން އަންގާފައިވަނީ، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން