ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ދީނުގެ ޢިލްމުވެރިން ދުލުގެ ޢިއްފަތްތެރިކަމަށް އިސްކަން ދެއްވާނެ ކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި އޮތް ނުރައްކާތެރި ޙާލަތަށް ވިސްނައި، ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކުރުން މުހިންމު ކަމަށް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވުމާ ގުޅިގެން ދީން އުނގެނިވަޑައިގެން ތިއްބެވިކަމަށް ބުނާ ބައެއް ފަރާތްތަކުން ވަނީ ރައީސް މައުމޫނަށް ނިސްބަތްކޮށް ވަރަށް ޒާތީ ބަހުގެ ޙަމަލާތަކެއް ދީފައެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން މިއަދު ވިދާޅުވީ، ދީނުގެ ޢިލްމުވެރިން ވާހަކަފުޅު ދައްކަވާނީ ޙިކްމަތްތެރި ކަމާއެކު ރިވެތިބަހުން ކަމަށެވެ. އަދި ދުލުގެ ޢިއްފަތްތެރިކަމަށް އެބޭފުޅުން އިސްކަން ދެއްވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.



ތިރީހަކަށް އަހަރު ދިވެހިންގެ ދީނީ ޝިޢާރު ނެގެހެއްޓުމުގެ މަތިވެރި ޒިންމާ އުފުއްލަވާފައިވާ ރައީސް މައުމޫންގެ މި ވާހަކަފުޅަށްވެސް، އިސްލާމްދީނުގެ ޢިލްމުވެރިއާ ޑރ ޢިޔާޒް ވަނީ ރައްދުދެއްވައި ޖަދަލު ކުރަށްވާފައެވެ.

ރައީސް މައުމޫނަށް ރައްދުދީ އިޔާޒް ވިދާޅުވެފައިވަނީ، ﷲ ގެ ދީނަށް ފުރައްސާރަކޮށް ހަދާއިރު އެކަމާ ދެކޮޅު ނުހަދާ ހުރުމަކީ ޚިޔާނާތެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭކަމަށް އިޔާޒް ވިދާޅުވެފައިވެއެވެ.

މީގެ ކުރިން މިސްކިތުގައި ގައިދުރު ކުރުމަށް ރައީސް މައުމޫން ތާޢީދު ކުރެއްވުމުން އިޔާޒް ވިދާޅުވެފައިވަނީ، ގިނައިން ކޯވިޑް ޖެހިފައިވަނީ ވާރެޔާ ހިޔާވާންވެސް މިސްކިތު ފުރާޅުދަށަށް ނުވަންނަ މީހުންނަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޙައްޤުބަސް

27-Feb-2021

ދީނީ ޢިލްމުވެރިން ޤުރްއާނަކީ ޙުއްޖަތެއްކަމަށް ޤަބޫލުކުރާނެ.



ޓްރެންޑިން