އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް
އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް
މޮނޯރެއިލް ލޭނަކާއެކު އައްޑޫ ލިންކް ރޯޑް ތަރައްޤީ ކުރުމުގެ މަސައްކަތަކީ އުއްމީދީ ޕްރޮޖެކްޓެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ.

މޭޔަރު ސޯބެ މިއަދު ވިދާޅުވީ، އެމްޑީޕީގެ މި ސަރުކާރުން އައްޑޫ ތަރައްޤީކުރާނެ ކަމަށެވެ. އެގޮތުން މި ސަރުކާރުން ހަންކެޑެ ވަކިކޮށް ގައުކެނޑިން މަރަދޫއަށް ހަތަރު ލޭނަށް ފުޅާވާގޮތަށް 1.4 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. ސޯބެ ވިދާޅުވީ، މޮނޯރެއިލް ލޭނަކާއެކު އައްޑޫ ލިންކް ރޯޑް ތަރައްޤީ ކުރުމުގެ މަސައްކަތަކީ އުއްމީދީ ޕްރޮޖެކްޓެއް ކަމަށެވެ.

ސޯބެ ވިދާޅުވީ، އައްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގަން އެއަރޕޯޓުން ހިތަދޫ އޮޑައްސަލާ ހަމައަށް ލިންކްރޯޑް ހަތަރު ލޭނަށް ފުޅާ ކުރުމުގެ ޕްރޮޖެކްޓެއް ރޭވިފައި އޮތީ މުސްތަޤްބަލުގައި މޮނޯރެއިލް ލޭނެއް ވެސް ގާއިމު ކުރެވޭ ގޮތަށް ކަމަށެވެ. އަދި މި ޕްރޮޖެކްޓް ތަކާމެދު ޝަކުވާއެއް ވާނަމަ އެ ކަންބޮޑުވުންތައް ޙިއްސާ ކުރެއްވުމަށް ސޯބެ ވަނީ އެދިވަޑައިގެންފައެވެ.

ސޯބެ ވިދާޅުވީ އައްޑޫ މަގުތަކުގެ ޑިޒައިން ލައިފަކީ 15 އަހަރު ކަމަށެވެ. އަދި މައި މަގުތަކުގައި ތާރުއަޅާނެ ކަަމަށާއި، ކުދި ގޯޅިތަކުގައި ސަބްބޭސް ހެދުމަށްފަހު އަޅާނީ ކޮންކްރީޓް ކަމަށެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރާނެ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

މީގެއިތުރުން ހުރިހާ މަގެއްގައި މަގުބައްތި ހަރުކޮށް ސީސީޓީވީ ވެސް ހަރުކުރާނެ ކަމަށާއި، ބަސް ސްޓޮޕް ތަކާއި، މަގުމަތީ ފާހަގަތައްވެސް ކުރަހާނެ ކަމަށް ސޯބެ ވިދާޅުވިއެވެ.



އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ފެންހިންދާ ނިޒާމާއިއެކު، އައު ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމާއި، 40 ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫއު ވަނީ 1.19 ބިލިޔަން ރުފިޔާއަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލު ކޮއްފައެވެ. އަދި މިމަސައްކަތް 730 ދުވަހުން ނިންމުމަށް އެ އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.

މި ސަރުކާރު އައިފަހުން އައްޑޫގައި ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދާއިރު، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން އައްޑޫގައި ގޭދޮށު މަސް ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫމީދޫ އަދި މަރަދޫގައި ގޭދޮށު މަސްޕްލާންޓްތައް ޤާޢިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ކަލޯ

28-Feb-2021

ހެލޯ ސޯބެ. ތިޔަބުނާ އިރާދައެއް ހިޔެއްނުވޭ އެމްޑީޕީ ސަރުކާރަކުން އަން ާނެހެން. ކަނުވެފައި ތިޔަތިބެނީ އަޅެފަހެ ކޯއްޗެ ބޮވިގެންތަ. ބޯންޖެހޭނެ، އަބަދު ހަމައިގައި ނުހުންނާތީތަ ތިބުނަނީ. މޮޅެތި ކުރެހުން ކުރެހިދާނެ. އަހަންނަށް ހީވަނީ މޮނޯރެއިލަށްވުރެ އިންޓަރސިޓީ ޖެޓު ހުންނާނެއޭ ބުންޏަސް ކަލޭމެން ހެދޭނެދޯ. ސޯބޭ މިފަހަރު މޭޔަރުކަމެއް ނުލިބޭނެ. އައްޑޫ ސީޓީގެ ރައްޔަތުންނަށް ވަރަށް ޗަރުކޭސް ދެއްކިއްޖެ. ދެން ލަލަލާ


4

ޓ

28-Feb-2021

ގިނަ ޕްރޮޖެކްޓް ތަކެކޭ....ކޮންކަމެއްކަން ބުނެލަބަލަ ފެށުނު ކަމެއް ގޭދޮށު މަސް ފެކްޓްރީ ގެ މަސައްކަތްވެސް ހުއްޓިފަ..ޝާހު ރަނގަޅަށް ބަލާފަ ލިޔެލަ ބަލަ



ޓްރެންޑިން