ފުވައްމުލަކު ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލަކު ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހުން ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ފުނާޑު އަވަށުގެ ނައިބް ތުއްތު މަގުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުން ކަހާލައި ގަސްތަކެއްގައި ޖެހުމުގެ ސަބަބުންނެވެ. މި ޙާދިސާ ހިނގާފައިވަނީ ހަވީރު 4:40 ހާއިރުއެވެ.

އެކްސިޑެންޓް ހިނގިވަގުތު ކާރުގައި 2 މީހުން ތިބި ކަމަށާއި، އެކްސިޑެންޓަށް ފަހު އެދެމީހުން ކާރުގައި ތާށިވުމުގެ ސަބަބުން އެމީހުން ނެރެވުނީ ކާރު ކަފާލައިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެދެމީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މި ޙާދިސާގައި ނިޔާވެފައިވަނީ އާމިލް އަޙްމަދު އަދި އަޙްމަދު މުޠީޢު އެވެ. މިޙާދިސާއާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް މަޢުލޫމާތެއް ޙިއްސާ ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން