އައްޑޫގައި މިވަގުތު ތިބި އެކްޓިވް ކޭސްގެ ޢަދަދަކީ 36 ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ، މިއަދު އިތުރު އެކަކު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އައްޑޫ ސިޓީން ޖުމްލަ 89 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު 53 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެގޮތުން ހިތަދޫން 22 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ފޭދޫން 17 މީހުން ޕޮޒިޓިވްވެފައިވާއިރު، މަރަދޫ ފޭދޫން 04 މީހުން ޕޮޒިޓިވްވެފައި ވެއެވެ. އޭގެ އިތުރުން މީދޫން 11 މީހުން ޕޮޒިޓިވްވެފައިވާއިރު، ހުޅުދޫމީދޫން 35 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އައްޑޫން ޖުމްލަ 3119 ސާމްޕަލް ނަގާފައިވާއިރު ވޭތުވެދިޔަ 24 ގަޑީރު ނަގާފައިވަނީ 86 ސާމްޕަލް އެވެ.
އައްޑޫގައި ކޯވިޑްގެ ދެ ކްލަސްޓަރ އެއް އޮތް އިރު އޭވިއޭޝަން ކްލަސްޓަރ އިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 472 އަށް އަރާފައިވާ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ހަތަރު މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި 199 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.
އައްޑޫ ސިޓީގެ ހުޅުދޫ މީދޫ ފިޔަވައި އެހެން އަވަށްތަކަށް އެޗް.ޕީ.އޭ އިން އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް އުވާލާފައިވީ ނަމަވެސް އަދިވެސް އައްޑޫ ސިޓީ އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Case Update (Addu City) as of 27 February 2021, 1800hrs (updated) pic.twitter.com/mR4ivY12ck
— Addu Emergency Operations Center (@EOCaddu) February 27, 2021
އައްޑޫގައި ކޯވިޑްގެ ދެ ކްލަސްޓަރ އެއް އޮތް އިރު އޭވިއޭޝަން ކްލަސްޓަރ އިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 472 އަށް އަރާފައިވާ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ހަތަރު މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި 199 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.
އައްޑޫ ސިޓީގެ ހުޅުދޫ މީދޫ ފިޔަވައި އެހެން އަވަށްތަކަށް އެޗް.ޕީ.އޭ އިން އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް އުވާލާފައިވީ ނަމަވެސް އަދިވެސް އައްޑޫ ސިޓީ އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު