ހިރިޔާ ސްކޫލްގެ އެސެމްބަލީއެއް ކުރިޔަށްދަނީ
ހިރިޔާ ސްކޫލްގެ އެސެމްބަލީއެއް ކުރިޔަށްދަނީ
ކޯވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، މާލޭގެ ސްކޫލްތަކުގެ ގްރޭޑް އަށަކުން ދަށުގެ ކްލާސްތަކުގެ ކިޔެވުން ބަންދުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރެފައިވާ އިޢުލާނެއްގައި ވަނީ، ކުރިއަށް އޮތް ދެ ހަފްތާއަށް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް އަށެއްގެ ކުދިން ސްކޫލަށް ޙާޟިރުވެ ކިޔެވުން ހުއްޓާލައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެމިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވަމުންދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދަ އިޢުލާނެއް ނެރުއްވާފައިވާއިރު، އެޗްޕީއޭއިން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުއްވާފައިވާ ސިޓީގައި އެދިލައްވާފައިވަނީ، ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލްތަކުގެ ހުރިހާ ފިޒިކަލް ކްލާސްތައް ހުއްޓާލުމަށް އެދޭ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން 2020 މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.

އަދި 2020-2021 ވަނަ އަހަރަގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ގައި ފެށިނަމަވެސް މިއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުންފެށިގެން މާލޭ ސަރަޙައްދުގައި ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދެމުން އައީ އޮންލައިންކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން