ލޮޓަސް ފިހާރައިން އަގުހެޔޮކޮށް ވިއްކާ ފޭސް މާސްކް
ލޮޓަސް ފިހާރައިން އަގުހެޔޮކޮށް ވިއްކާ ފޭސް މާސްކް
ލޮޓަސް ފިހާރައިން ދިވެހި ރައްޔިތުންނަށް ހެޔޮއަގުގައި ފޭސް މާސްކް ފޯރުކޮށްދިނުމަށްޓަކައި ރުފިޔާއަކަށް ފޭސް މާސްކް ވިއްކުމަށް ނިންމައިފިއެވެ.

ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދިނުމުގެ ރެކޯޑެއް އޮތް ލޮޓަސް ފިހާރައިގެ ވެރިފަރާތް ކަމަށްވާ، މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވީ، އެ ފިހާރައިން ރުފިޔާއަކަށް މާސްކެއް ވިއްކުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށާއި، މިހާރު މާސްކް ޝިޕްމަންޓް ހުރީ ލޯޑްކޮށް މާލެ ގެންއުމުގެ މަގުމަތީގައި ކަމަށެވެ.



މިވަގުތު މާލެ ގެންނަނީ މަޑު ނޫ ކުލައިގެ މާސްކް ނަމަވެސް ކުރިއަށް އޮތްތަނުގައި ކަޅުކުލައިގެ މާސްކްވެސް ގެނައުމަށް މަސައްކަތް ކުރަށްވާ ކަމަށާއި، ކުޑަކުދިންގެ މާސްކްވެސް ގެންނާނެ ކަމަށް އާއްޓޭ ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ފޭސް މާސްކް ވިއްކާފައި ނުވާ ވަރުގެ ހެއު އަގެކެވެ. މީގެ ސަބަބުން މިއަދު މާސްކާއެކު ދިރިއުޅެން ޖެހިފައިވާ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ އެވެ. ކޮވިޑާއެކު ރައްޔިތުން ކުރަން ޖެހިފައިވާ ބޮޑު ޚަރަދެއް އެތައް ތަނަކުން ކުޑަވެގެންދާނެ ކަމެކެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާސްކް އެޅުމާއެކު ސެނިޓައިޒްކޮށް ގިނައިން އަތްދޮވުމަށް ސިއްޙީ މާހިރުންދަނީ އިރުޝާދު ދެމުންނެވެ. އަދި މާސްކް އެޅުމަކީ މަޖުބޫރު ކޮށްފައިވާ ކަމެކެވެ. އާއްޓޭ ވަނީ މީގެ ކުރިން ގިނަ ފަރާތްތަކަށް ސެނިޓައިޒަރ އާއި މާސްކް ހިލޭވެސް ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

މާސްކު

06-Mar-2021

މިހާރުވެސް ލިބޭ 1 ރުފިޔާއަށް



ޓްރެންޑިން